ބަދަލުގެ ގޮތުގައި ދޭން ޖެހޭ 60000 ރ އަދިވެސް ބައެއް ފަރާތްތަކަށް ނުލިބޭކަމުގެ ސަކުވާ ގާދޫ ރައްޔިތުން ކުރަންފަށައިފި

ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ލ.ގާދޫ ރައްޔިތުން އެ އަތޮޅު ފޮނަދޫއަށް މިހާރު ބަދަލުކޮށް ނިމިފައިވާކަން އިއުލާންކޮށްފައިވާއިރު ބަދަލުގެ ގޮތުގައި ސަރުކާރުން ދޭން ނިންމި 60000 ހާސް ރުފިޔާ އަދިވެސް ބައެއް ފަރާތްތަކަށް ލިބިފައި ނުވާކަމަށް ގާދޫ ބައެއް ފަރާތް ތަކުން ބުނަންފަށައިފިއެވެ.
ގާދޫ ބައެއް ފަރާތްތަކުން މިހެން ބުނަމުން ދާއިރު ސަރުކާރުން ބަދަލުގެ ގޮތުގައި ގެއަކަށް 60000 ހާސް ރުފިޔާ އަދި 6 މީހުންނަށްވުރެ އިތުރަށް މީހުން ތިބޭ އާއިލާތަކަށް 160000 ރުފިޔާ ދޭގޮތަށް ވަނީ ނިންމާފައެވެ.
އެހެން ނަމަވެސް އެއްބަޔަކަށް މި ފައިސާ އެބައިމީ ހުންގެ އެކައުންޓް ތަކަށް ޖަމާ ކޮށްފައިވާއިރު އަނެއް ބަޔަކަށް އަދިވެސް މި ފައިސާ ޖަމާނުކުރާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ގާދޫ ބައެއް ފަރާތްތަކާއި ވާހަކަދައްކާ ލުމުން ބުނީ މިދިޔަ ހަފަތާގައި ފައިސާ ހުރިހާ އެއްމެންނަށްވެސް ލިބޭނެ ކަމަށް ބުނެފައިވަ ކަމަށާއި އެހެންނަމަވެސް އަދިވެސް ބައެއް ފަރާތް ތަކަށް އެ ފައިސާ ލިބިފައި ނުވާކަމަށެވެ.
” މިދިޔަ ހަފަތާގެ ނިޔަލަށް 60000 ހާސް ރުފިޔާ ޖަމާ ކޮށްދޭން ސަރުކާރުން ބޮނެފަ އޮތޫ ، ބައެއް މީހުންގެ އެކަމުންޓަށް ފައިސާ ޖަމަކޮށްފި އެކަމަކު އަދިވެސް ބައެއް މީހުންނަށް އެ ފައިސާއެއް ނުލިބޭ ” ގާދޫ ރައްޔިތަކު ކިޔާ ދިނެވެ.
އެހެން ނަމަވެސް ކަމާ ބެހޭފަރާތް ތަކުން ބުނެފައިވަނީ ގާދޫ ރައްޔިތުން ނަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރހާ ކަމެއްވެސް މިހާރު ނިމުމަކަށް އައިސަފައިވާ ކަމަސާއި ގޭގެ ބަދަލަށް ދޭން ނިންމާފައިވަ ފައިސާވެސް ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ގާދޫ ގެ ބައެއް ފަރާތް ތަކުން މިވާހަކަތައް ދޮގުކުރެެއެވެ.
” އަހަރިމެންވެސް އަޑައެހީމު ޚަބަރުތަކޔުން ގޮވި އަޑަ ހުރހާ މީހުންނަށް ފައިސާ ދީ ނިމިއްޖޭ ބުނިވާހަކަ އެކަމަކު އެޔޯ ދޮގެއް، އަދިވެސް ބައެއް މީހުންނަށް ފައިސާ ނުލިބޭ” ވާހަދެއްކި މީހަކު ބުންޏެވެ.
މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ދަށުން ގާދޫގެ ހުރިހާ ރައްޔިތުން  މިހާރު ވަނީ ފޮނަދުއަށް ދަބަލުކޮށް ނިންމާފައެވެ. ގާދޫރައްޔިތުން މިހާރު ފޮނަދޫއަށް ބަދަލުކޮށް ނިމިފައިފައިވާއިރު އަދިވެސް ގާދޫ ރައްޔިތުންގެ ބައެއް ކަންތައްތައް ހަމަނުޖެހިވާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެގޮތުން މަގުތަކުގައި ވަރަށް ބޮޑަށް ޗަކަހެދި ހިންގާ ބިނގާވެ އުޅެން ދަތިވެފައިވާ ކަމަށްވެސް އެ ފާރާތް ތަކުން މައުލޫމާތުދެއެވެ.
އަދި ގާދޫ މީހުން ބަދަލު ކުރި ބައެއް ހިސާބުތަކުގައި ބޭނުން ނުކުރެވޭވަރަށް ފެން ވެސް ނުސާފުވެފަވާކަމަށް ވަނީ ޚަބަރު ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ