އެންމެ ބޮޑު އިސްކަމެއް ދޭނީ ދީނާއި ގައުމަށް: މައުމޫން

ﷲ ގެ ވާގިފުޅާއިއެކު އެންމެ ބޮޑު އިސްކަމެއްދޭނީ ދީނާއި ގައުމަށް ކަމަށް ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އެތެރޭގައި މައްސަލަތައް އުފެދި ދެ ފެކްޝަނަށް ބައިވެފައިވާ ދަނޑިވަޅެއްގައި މައުމޫން މިފަދައިން ޓްވީޓް ކުރެއްވި އިރު އެމަނިކުފާންގެ ވެރިކަމުގައި ދިވެހި ގައުމުގެ އެއްވެސް މިންވަރެއް ބޭރު ބަޔަކަށް މިލްކު ކުރެވޭނެ ގޮތް ހައްދަވާފައި ނުވެއެވެ.
މައުމޫން އާއި ރައީސް ޔާމީން އާއި ދެމެދު ހިޔާލް ތަފާތުވެފައިވާ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ގެނެވުނު އިސްލާހެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަމަށް ރައީސް މައުމޫން ގެންދަވަނީ ފާޅުގައި ފާޑުވިދާޅުވަމުންނެވެ. އެގޮތުން މައުމޫން ވަނީ މިސަރުކާރަށް ދިން ތާއިދުވެސް އަނބުރާ ގެންދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ