ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން 10 ޕާޓީއެއް އުވާލަން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 10000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް އޮތްއޮތުން ސުޕްރީމް ކޯޓުގެ އަމުރަކުން މީގެކުރިން ބާތިލްކޮށްފައިވާކަމަށާއި ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙް ގެނެސް އަމަލުކުރަން ފެށެންދެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެމްބަރަކަށްވުމަށް އެދި ހުށަހަޅަންޖެހޭނީ 3000 ސޮއިކަމަށް ސުޕްރީމް ކޯޓުންގެ އަމުރަކުން ކަނޑައަޅުއްވައިފައިވުމުން 10000 މެމްބަރުން ހަމަނުވުމުގެ ސަބަބުން އެއްވެސް ޕާޓީއެއް އުނިވިގެން ނުދާނެކަމަށެވެ.
10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާތީތަކުން 3 މަސް ދުވަހުގެ ތެރޭގައި އެ އަދަދަށް މެންބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންގެވި އެންގުމަކީ ސުޕްރީމް ކޯޓުގެ އަމުރާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމުމެއްކަމަށްވާތީ، އެ ނިންމެވުމަކީ ބާތިލް އަދި އެއަށް އަމަލުކުރެވޭނެ ނިންމުމެއްކަމަށް އިލެކްޝަނަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކުރާކަމަށް އެކޯޓުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން 10 ހާސް މެމްބަރުން ހަމަނުވެގެން އުވާލަން ނިންމާފައިވާ ޕާޓީތަކަކީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއާއި މޯލްޑިވިއަން ނެޝަނަލް ޕާޓީއާއި ޕީޕަލްސް އެލަޔަންސްއާއި ޕީޕަލްސް ޕާޓީގެ އިތުރުން ދިވެހި ގައުމީ ޕާޓީއާއި ސޯޝަލް ލިބަރަލް ޕާޓީއާއި މޯލްޑިވިއަން ލޭބަރ ޕާޓީ އާއި ގައުމީ އިއްތިހާދް ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމެންޓްއެވެ.
ޕާޓީތައް އުވާލަން އިލެކްޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ