ގާސިމް އިބްރާހީމް ކޯޓަށް ހާޒިރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހަށް އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ އަޑުއެހުން ފެށުމަށް ހަމަޖައްސާފައިވަނީ މިއަދު މެންދުރުފަހު 1:30 ގައެވެެ. ނަަމަވެސް ޝަރީއަތުގެ މަޖިލިސް އަދި ފެށިފައެއް ނުވެ އެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ހުރިހާ ދައުވާއަކަށް ވެސް ގާސިމް އިބްރާހީމް ވަނީ އިންކާރުކުރައްވާފަ އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ