ދުސްތޫރީ މައްސަލައެއްގައި ސުޕްރީމް ކޯޓުން މިއަދު ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިންމައިފި އެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތްޕުޅުންނެވެ. ދުސްތޫރީ މި މައްސަލައިގެ އަޑު އެހުން އޮންނަނީ މިއަދު 1:00 ޖަހާއިރު އެވެ. ނަމަވެސް މި މައްސަލައިގެ މައުލޫމާތުތައް އަދި ސާފެއް ނުވެއެވެ.
ނަމަވެސް އަޑުތައް ފެތުރިފައިވާ ގޮތުގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވިޕް ލައިނާ ހިލާފުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ އުސޫލީ މައްސަލައެކެވެ. މި މައްސަލަ މިއަދު ބަލާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ