ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.
ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސް މިއަދު މާލެ ގެނެސް ދައްކާފައިވަނީ އައިޖީއެމްއެޗްގެ ކަރުންމަތީގެ ޑޮކްޓަރަކަށާއި ހަމުގެ ބަލީގެ ޑޮކްޓަރަކަށެވެ.
ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކޯޓުން އަމުރުކުރި ފަހުން އޭނާ މާލެ ގެނެސް ޑޮކްޓަރަށް ދެއްކި ފުރަތަމަ ފަހަރެވެ.
ފާރިސް ހޮސްޕިޓަލަށް ގެންދެވުނު ވަގުތު އެތަނުގައި ފާރިސްގެ ދައްތަ އަދި މިސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި ފާރިސްގެ ނިޔަޅު މުހައްމަދު ނަދީމް ހޮސްޕިޓަލްގައި ތިއްބެވި އެވެ.
ފާރިސް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައުމަށްފަހު މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
ފާރިސް މައުމޫން މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ