އެއް ދީނުގެ މީހުން އަނެއް ދީނުގެ މީހުންނަށް ހަމަލަދޭނަމަ އަނެއް ދީނުގެ މީހުން ވެސް ހަމަލާ ދޭނެކަމަށް ބުނެ ދުނިޔެ މިވަނީ މޮޔަވެފަތޯ އީޔޫގެ ގިނަ އަދަދެއްގެ ރައްޔިތުން ޝުޢޫރު ފައުޅުކޮށްފިއެވެ.
އީޔޫގެ އެތައް މިލިއަން ރައްޔިތުން އިއްޔެ މިމޭރުމުން ޝުޢޫރު ފައުޅުކުރީ ކުރީ ދުވަހު ޒިޔުރިކްގެ އިސްލާމީ މަރުކަޒެއްގައި ނަމާދަށް ތިބި މުސްލިމުންނަށް ބަޑިން ހަމަލާދީފައި ވުމުންނާއި ޖަރުމަނުގައި ކުރިއަށް ގެންދިއަ ކްރިސްމަސް މާރުކޭޓަކަށް ލޮރީއަށް ވައްދާލި ހާދިސާ އާއި ގުޅިގެންނެވެ.
"ޒިޔުރިކްގައި މުސްލިމުން ނަމާދަށް ތިއްބާ ހަމަލާދިނުމުން އެންމެން މިތިބީ މަޑުން. އެއީ އެމީހުންނަށް ހަމަލާ އަމާޒުނުވާތީ. މިހެން ކަންކަން ކޮށްގެން އެއްވެސް މައްސަލައެއް ހައްލެއް ނުވާނެ. ދުނިޔޭގައި ތިބީ އިންސާނުން. ދިނާ ނަސްލަކީ ބަލަންޖެހޭ ކަންކަމެއް ނޫން." ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ސްވިޒަރލޭންޑުގެ ފެޑެރާޝަންސް އޮފް އިސްލާމިކް އޮގަނައިޒޭޝަންސްގެ ރައީސް އޮންޑަރ ގޫނެސް ވިދާޅުވީ މުސްލިމުން ނަމާދަށް ތިއްބައި ދިން ހަަމަލާފަދަ ހަމަލާއެއް މުސްލިމުން ދިން ނަމަ އެކަމާއިމެދު ދުނިޔެއިން އަމަލުކުރާ ގޮތް މުޅިން ތަފާތުވާނެ ކަމަށެވެ. އަދި ދުނިޔޭގައި އަމާންކަން ޤާއިމުކުރެވޭނީ ހުރިހައި ދީންތަކުގެ މެދުގައި ވެސް ހަމަހަމަކުރެވިގެން ކަމަށެވެ.
އެއް ދީނަށް ހަމަލާދޭނަމަ އަނެއް ދީނުންވެސް ދޭނެ- ދުނިޔެ މިވަނީ މޮޔަވެފަތަ: އީޔޫ ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ