2018 ގައި ބޭއްވުމައް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއިން ވާދަކުރާނެ ކަމަށް (ޖޭޕީ)ގެ ކައުންސިލުން މީގެ އިރުކޮޅެއް ކުރިން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރެވުނީ ޖުމްހޫރީ ޕާޓީ އިން ބޭއްވި ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި 18 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ޖޭޕީ އިން ނެރޭނެ ވަކި ކެނޑިޑޭޓެއް ނިންމި ގޮތެއް ސާފެއްނުވެއެވެ.
މީގެ އިތުރުންވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޖޭޕީ ތަމްސީލް ކުރައްވާނެ ބޭފުޅުން ވެސް ވަނީ ކައުންސިލުން ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދެވެ. ރިޔާޒާއި އަލީ ހުސެއިންގެ ތެރެއިން ބޭފުޅަކަށް މަޝްވަރާތަކަށް ވަޑައިނުގަނެވޭ ހާލަތްތަކުގައި ހުސެއިން މުހައްމަދު މަޝްވަރާ އަށް ވަޑައިގަންނަވާނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޖޭޕީ އިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ