ރައީސަކަށް ބާރުގެ ބޭނުން ކުރެވޭނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
ރައިސް މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި, ގާނޫނު އަސާސީގެ 106 ވަނަ މާއްދާގައި ވެސް އޮންނަ ފަދައިން ރާއީސަކަށް ލިބިފައިވަޑައިގެންފައިވާ ބާރުގެ ބޭނުން ކުރެވޭނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން ކަމަށް ރައިސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ގާނޫނު އަސާސީގެ 106 ވަަނަ މާއްދާގައި އޮތީ ދައުލަތް ހިންގުމުގެ އެންމެހާ އުސޫލުތައް ގާނޫނު އަސާސީން ކަނޑައަޅާއިރު، މި ގާނޫނު އަސާސީ ދަމަހައްޓައި، ދިފާއު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި ދައުލަތުގެ އެއްބައިވަންތަކަން ދަމަަހައްޓަން މަަސައްކަތް ކުރާއިރު، ވެރިކަން ކުރަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ކޮއްކޯފުޅު ރައީސް ޔާމީނާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޝީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވަނީ ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދެވި ކަން އިއުލާން ކުރައްވާފައެވެ. އަދި ދެން ރައީސް ޔާމީންގެ ސަރުކާރަށް ތާއިދު ނުކުރައްވާނެ ކަން ވެސް އިއުލާން ކުރައްވާފައެވެ.
ސިވިލް ކޯޓުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމަށް ކުރި ހުކުމާ ގުޅިގެން،އެ ޕާޓީގެ އޮފީސް ރޭ ސާފުކޮށްފައި ވާއިރު، ރައީސް މައުމޫން ގެންދަވަނީ އެކަމަކީ ވައްކަން ކުރުން ކަމުގައި ސިފަކުރައްވަމުންނެވެ.
ރައީސަކަށް ބާރުގެ ބޭނުން ކުރެވޭނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން - ރައިސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ