މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައި ނުގަނެ، ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ އެމަނިކުފާންގެ ރަސްމީ ޓްވިޓާ އެކައުންޓުން މީގެ ގަޑިއެއްހާއިރު ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
އާ އަހަރާ ދިމާކޮށް މިރޭ ބާއްވަން ހަމަޖައްސާފައިވާ ޝޯ އާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ދަނިކޮށް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ " މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައި ނުގަނެ، ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުމަކީ މައްސަލައެއް ނޫން" ކަމަށެވެ.
މީގެއިތުރުން މައުމުން މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެހެމާނުންނަށް ކަމޭހިތައި، އެ މީހުންނަށް ރައްކާތެރިކަން ޔަގީންކޮށް ދިނުމަކީ އިސްލާމީ މަތިވެރި އުސޫލެއް ކަމަށެވެ.
މައުމޫން އެގޮތަށް ވިދާޅުވެ ދެ ޓްވީޓެއް ކުރައްވާފައި ވާއިރު، އާ އަހަރާ ދިމާކޮށް މިރޭ ގަލޮޅު ދަނޑުގައި ބާއްވާ ޝޯ އަށް އިންޑިއާގެ މަޝްހޫރު ދެ ލަވަކިޔުންތެރިން އަދި މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ސަލީމް މާޗަންޓު އަދި ސުލެއިމާން މާޗަންޓު މިއަދު ވަނީ ރާއްޖެ އައިސްފައެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ރާއްޖެ މި އައީ ޝޯ އަށް ގެންނަން އުޅުނު ޖެމެއިކާ އަށް އުފަން ލަވަކިޔުންތެރިޔާ ޝޯން ޕޯލް އަށް ބަޔަކު ދިން މަރުގެ އިންޒާރަކާ ގުޅިގެން، ރާއްޖެ އައުން އޭނާ ކެންސަލްކޮށްފައި ވަނިކޮށެވެ.
ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުމަކީ މައްސަލައެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ