ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިއްޖެ

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލަފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ކަމަށެވެ.
ހެނބަދޫ ގޮނޑުދޮަށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ އެއްގަމު ތޮށި ލުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޯއިންސް ޖެހުމުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 5 މިލިއަން ރުފިޔާއަށް 100 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި ދެ މަޝްރޫއުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.
މީގެ އިތުރަށް އެމްޓީސީސީން ވަނީ ހެނބަދޫ ބަނދަރުގެ ހެދުމުގެ މަސައްކަތްވެސް މިދިޔަ އަހަރުގެ ފަހުކޮޅުގަ ނިންމާލާފައެވެ.
ހެނބަދޫގެ ބަނދަރުން ހެދުމަށް ސާޅީސް ހަތަރުހާސް ހަސަތޭކަ ފަނަރަ އަކަމީޓަރުގެ ސަރަހައްދެއް ފުންކޮށް ދުއިސައްތަ ތިން މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާ އެއްހާސް ފަނަރަ އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުންވެސް އެ މަސައްކަތުގައި ހިމަނާފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 26.6 މިލިއަން ރުފިޔާއަށެވެ.
އެ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ