އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ގދ. ގައްދޫ ދާއިރާގެ ރައީސްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ކާމިޔާބު ކުރައްވައިފިއެވެ.
ސައީދު އެ މަގާމު ކާމިޔާބު ކުރައްވާފައި ވަނީ އިތުރު ދެ ކެންޑިޑޭޓުންނާ ވާދަކުރައްވައެވެ.
އިންތިހާބު ކާމިޔާބުވުމުން ސައީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަގާމަށް އިންތިހާބު ކޮށްދިނުމަށް އިހުލާސްތެރިކަމާއެކު ބުރަ މަސައްކަތް ކޮށްދިން އެންމެނަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްޑީޕީން މިއަދު ބޭއްވި އިންތިހާބުގައި ސައީދުގެ އިތުރުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު ވަނީ ގއ. އަދި ގދ. އަތޮޅު ހިމެނޭ މަތި އުތުރު ޕްރޮވިންސްގެ ރައީސްކަމުގެ މަގާމު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
އަދި އިކޮނޮމިކް މިނިސްޓަރު އަހްމަދު ފައްޔާޒް ގަމު ދާއިރާގެ ރައީސްކަން ކާމިޔާބު ކުރައްވާފައި ވާއިރު، ސަސްޕެންޑް ކޮށްފައިހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވާދަކުރައްވާފައިވަނީ އެމްޑީޕީ މެދު އުތުރު ޕްރޮވިންސްގެ ރައީސްކަން ކާމިޔާބު ކުރައްވާފައެއެވެ. އަދި ފިނޭންސް މިނިސްޓަރު އަހްމަދު އަމީރް ވަނީ މެދު ދެކުނު ޕްރޮވިންސްގެ ރައީސްގެ މަގާމު ކާމިޔާބު ކުރައްވާފައެވެ.
ގައްދޫ ދާއިރާގެ ރައީސްކަން ސައީދު ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ