ކަރަންޓު ޝޮކަކާއި އެކު ނިކޮލައި ދިރިހުރި ދަގަތްފާނަކަށް!

ފަހަކަށް އައިސް އިންސާނުން ހައިރާންވާ ފަދަ އެތައްކަމެއް ދަނީ ފެންނަމުންނެވެ. އެގޮތުން އުމުރުން އެންމެ 12 އަހަރުގެ ނިކޮލައި ކްރިއަގްލިއަޗިންކޯ އަކީ ފާހަަގަ ކޮށްލެވޭ ކުއްޖެކެވެ. ނިކޮލައި އަކީ "އެކްސް މެން"ގެ ސުޕާ ހީރޯ އެކޭ ބުނުމުން ގޯހެއް ނުވާނެ އެވެ. ސަބަބަކީ ނިކޮލައިއަށް އޭނާގެ ގައިގައި ދަގަނޑުގެ ބާވަތުގެ ކޮންމެ އެއްޗެއްވެސް ތަތްކޮށްލުމުގެ ކުޅަދާނަކަން ލިބިގެންވާތީ އެވެ.
އެކްސް މެންގެ "މެގްނީޓޯ" ގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ނިކޮލައި ބުނިގޮތުގައި އޭނާއަށް އެ ބާރު ލިބުނީ ޖެހުނު ކަރަންޓު ޝޮކެއްގެ ސަބަބުންނެވެ. އެ ޝޮކު ޖެހިފައިވަނީ ނިކޮލައި ސްކޫލް ނިންމާފައި ގެއަށް ދިއުމުގެ މަގުމަތީގައި ހޮޅިދަނޑިއެއްގައި ލެގިލައިގެން ހުއްޓައިކަމަށްވެއެވެ.
"އޭގެ އަނެއް ދުވަހު ނިދާ ހޭލިއިރު އެނދުމަތީގައި ހުރި ލާރިތައް ހުރީ ގައިގައި ތަތްލަވާފަ. ސައިބޯން އިންދަ ސަމްސާވެސް ވެއްޓި މޭމަތީގަ ތަތްލެވި،" ނިކޮލައި ބުންޏެވެ.
ނިކޮލައިގެ "ސުޕާ ޕަވާ" އަދި މުޅިން އޭނާއަށް ކޮންޓްރޯލެއް ނުކުރެވެއެވެ. އަދި އޭނާ ބޭނުންނުވާ ވަގުތުތަކުގައި އޭނާގެ ގައިގައި އެއްޗެހި މައުދަނުގެ ތަކެތި ތަތްލަވާތީ އެކަން އޭނާއަށް ވެފައިވަނީ ބައެއް ފަހަރު އުނދަގޫ ކަމަކަށެވެ.
"އަހަރެންގެ ބާރު އަދި ކޮންޓްރޯލެއް ނުކުރެވޭ. އެއްފަހަރު ބިއްްލޫރި ގަނޑެއްވެސް އަހަރެންނާ ދިމާލަށް އައި،" ނިކޮލައި ބުންޏެވެ.
ނިކޮލައި ފަދަ ކުދިންގެ ވާހަކަ 19 ވަނަ ގަރުނުއްސުރެ ދެކެވެމުން އައި ކަމުގައި ވިޔަސް ސައިންސްވެރިން ބުނާގޮތުގައި އެއީ ހަންގަނޑުގައި ހުންނަ އާދަޔާ ހިލާފު ތަތްކަމެއްގެ ސަބަބުންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ