ޔޫތު ލީޑާޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދީފި

ޔޫތު ލީޑާޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ކްރިމިނަލް ކޯޓުން އިއްޔެ ދީފި އެވެ.ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގެ ހޯލުގައި އިއްޔެ ބޭއްމި ބައްދަލުވުމުގައި ޔޫތު ލީޑާޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ ލީގަލް އެސިސްޓެންޓް މުޙައްމަދު އާމިރާއި އެސިސްޓެންޓް ލީގަލް އޮފިސަރު އިސްމާޢީލް ރަޝީދު ކަމަށެވެ.އެ ދެ ބޭފުޅުން ދެއްވި މައުލޫމާތު ތެރޭގައި ޝަރީއަތުގެ މަޖިލީހުގައި ކުށް ސާބިތުކުރެވޭނެ ގޮތްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އެބާވަތުގެ މައްސަލަތަކަށް ކަނޑައެޅިފައިވާ އަދަބުތަކާ އަދި މަސްތުވާތަކެތީ މައްސަލަތަކުގެ ތަފާސް ހިސާބުތަކާ ބެހޭ މައުލޫމާތު ހިމެނެ އެވެ.  އަދި ކޯޓުގައި މަސައްކަތްތައް ހިންގުމަށް ދަތިވާ ކަންކަމުގެ މައްޗަށް ވާހަކަ ދައްކައި މަޢުލޫމާތު ދިން ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.އެ ބައްދަލުވުން ފެށުނީއްސުރެ ނިމެންދެން އެ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ބައްދަލުވުމުގައި ބައިވެރިވެ އަދި ބައިވެރިން ކުރެއްވި ބައެއް ސުވާލުތަކަށް އިލްމުގެ މައްޗަށް ބިނާކޮށް ޖަވާބުދެއްވި ކަމަށް ވެސް ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ