ސްކޫލް ބަންދާއި ދިމާކޮށް ހުޅުމާލޭގައި ޙާއްސަ އޮޕަރޭޝަނެއް ފަށައިފި

މިއަހަރުގެ ސްކޫލު ބަންދާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހައި ފަރާތް ތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުންނާއި ރައްޔިތުންގެ މުދަލާއި ގެދޮރު އަދި ހުޅުމާލޭގެ އާއްމު މަސްލަހަތު ރައްކާތެރިކުރުމާއި ހިމާޔަތް ކުރުމާއި ހުޅުމާލޭގެ މަގުތަކަކީ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމުގެ ގޮތުން ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ފަރާތުން ހުޅުމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 22 ވަނަދުވަހުގެ ރޭ 22:00 ގައި ފެށި މި އޮޕަރޭޝަންގައި ހުޅުމާލޭގައި ގުރޫޕް ތަކުގެ ހަރަކާތްތައް ހިންގިޔަ ނުދިނުމާއި، ވައްކަމާއި ފޭރުން، މާރާމާރީ އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ފުރުޞަތު ކުޑަކޮށް އެކަންކަން ހުއްޓުވުމުގެ ގޮތުން ގްރޫޕުތައް ހަދައިގެން ތިބޭ އސަރަޙައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެސަރަޙައްދުތަކުގައި ފައިމަގުގަޔާއި ސައިކަލްތަކުގައި ޕެޓްރޯލްކޮށް މީހުންގެ މަޢުލޫމާތު ނޯޓުކުރެވޭނެ ކަމަށެވެ.
މީގެއިތުރުން ދަންވަރު ގަޑީގައި ކަމެއް ނެތި މަގުމަތީގައި އުޅޭ މީހުންނާއި ސުވާލުކުރެވި މަޢުލޫމާތު ނޯޓުކުރުމަށްފަހު ގެއަށް ވަނުމަށް ނަޞޭހަތްތެރިވެ ގެއަށް ފޮނުވާލެވޭނެ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.
މިދުވަސްވަރަކީ ގިނަ ޢަދަދެއްގެ މީހުން ޗުއްޓީ ހޭދަކުރުމަށް ރަށުން ބޭރަށްދާ ދުވަސްވަރެއް ކަމަށާއި އެގޮތުން ރަށުތެރޭގެ އަމާންކަން ބެލެހެއްޓުމާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުމުގެ ގޮތުން ރަށުތެރޭގައި ޕެޓްރޯލްކުރުމާއި މިދުވަސްވަރު މާލެއިން ހުޅުމާލެއަށް އަރާ މީހުންނާއި ގްރޫޕުތަކުގެ ހަރަކާތްތައް ބަލައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ހުޅުމާލެއަށް އަރާ ފަތުރުވެރިންގެ ސަލާމަތްތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިއަންނަ އަހަރުގެ ޖެނުއަރީ 2 ވަނަދުވަހުގެރޭ 00:00 އާއި ހަމައަށް ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގައި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ހަރަކާތްތެރިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ