އިންޑިއާ ސިފައިން ރާއްޖެއިން ބާލަން އުމަރު "ގަޔަށް އަތްލާ" ހިސާބުގައި

އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދިއުމަކީ ދިވެހިންގެ މިނިވަންކަމަށް އެކަމުން އަސަރުކުރާނެ ކަމެއ ކަމަށާއި، އެހެންކަމުން އެ މިނިވަންކަން ދިފާޢު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިގޮތަށް ވިދާޅުވެފައި ވަނީ، ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން މިރޭ ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ދިއުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވަމުން އުމަރު މިރޭ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި އުފެދުނު ދިވެހި ޤައުމީ ބަތަލުން ވެސް ރާއްޖޭގައި ތިބި ބޭރުގެ ބާރުތައް ޤައުމުން ބޭލީ ގައިގައި އަތްލައިގެން ކަމަށެވެ. އެހެންކަމުން ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ބޭރުގެ ސިފައިންނަށް މިހާރު ވަކި ރާއްޖޭގައި ކުރެވިގެން ނުވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ، އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގ ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި މުއްދަތު ހަމަވުމުންވެސް އެމީހުން ރާއްޖެއިން ފައިބައިގެން ނުދިޔަ ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއް ރާއްޖެއަށް އަތުވެއްޖެ ނަމަ އިންޑިއާ ސިފައިންނަށް ރާއްޖެއިން ނުފާބައި "ގަދަކޮށްލައިގެން" ނުތިބެވޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
"ޔާމީނަށް ކެރިވަޑައިނުގަތީތާ އެމީހުންގެ ގައިގައި އަތްލައިގެން ބާލަން. އަޅުގަނޑު ނަމަ ގައިގައި އަތްލައިގެން ނަމަވެސް ބާލާނަން އިނގޭތޯ ދިވެހިރާއްޖެ އިން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ކުރިޔަށް އޮތް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވަން ނިންމަވާ އެންމެ ބޮޑު މަޤުސަދަކީވެސް އިންޑިއާ ސިފައިން ރާއްޖެއިން ބާލައި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. އެހެންކަމުން ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ ގައިގައި އަތްލައިގެން ނަމަވެސް އެކަން ކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލި ކަމުގައި ވީނަމަވެސް އެޤައުމާއެކު ރާއްޖެއިން ރަނގަޅު ގުޅުމެއް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް "އަޅުގަނޑުމެންގެ އެނދަކު" އިންޑިއާ ސިފައިންނަށް ނުއެއް ނިދޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ