ރައީސް މައުމޫން އިސްވެ ހުންނަވައި އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ވެގެންދާނީ ސިޔާސީ މައިދާނަށް ބަދަލު ގެންނާނެ ޕާޓީއަކަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ރައީސް މައުމޫނަކި އެ ޕާޓީގެ ވަގުތީ ރައީސެވެ. ރޭ ދެއްކެވި ވާހަކަފުޅުގައި މައުމޫން ވިދާޅުވީ އެ ޕާޓީގެ ކޮންމެ ހަރަކާތެއްގައިވެސް ދެ ޖިންސުގެ ހަމަހަމަކަން ޤާއިމް ކުރައްވާނެ ކަމަށާއި، އެމްއާރުއެމްގެ ކޮންމެ ގުނަވަނެއްގައިވެސް 25 އިންސައްތަ ޒުވާނުންނަށް ހާއްސަ ކުރައްވާނެކަމަށެވެ. އަދި އެމްއާރުއެމް އިން ޤައުމުގެ އެންމެން އެކުވެރިކޮށް އެއްބައިވަންތަ ކުރުވާނެކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އެއް ތަނބު ނަމަވެސް، ހިިޔާލުފާޅުކުރުމުގެ މާނައިގައި، ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއް ނެތި ބަހުގެ ހަމަލާތައް ބަދަލުކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް ރަނގަޅު ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.މައުމޫން ވިދާޅުވީ ހިޔާލުތަފާތުވުން އޮންނަ ކަންކަމުގައި، އެންމެންގެ ބައިވެރިވުން އޮންނަ ވަކި ސަރަހައްދެއް ނުވަތަ ކޮމަން ގްރައުންޑެއް ހޯދުމެވެ."އެންމެން ހިއްސާ ކުރާ ވަކި ސަރަހައްދެއް އޮތުމަކީ ގައުމަށް ހަމަޖެހުން އަންނާނެ ކަމެއް،" މައުމޫން ވިދާޅުވިއެވެ.މިއީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ 3 ވަނަ ޕާޓީއެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ޑީއާރުޕީ އަދި ޕީޕީއެމް އުފައްދަވާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަހަންމަދާ
މައުމޫނަށް ކުރިންވަރަށްވަރަށްބޮޱަށް. ތާއީދުކުރިންނަމަވެސް މިއަދުއެއްވެސް ތާއީދެށްނުކުރަން. ސަބަކީ އަންނިގެ ފަހަތުގަހުރުން
REPLY
ނ
އެކަމާއި ނޫޅުއްވާއެހެންގޮތެއް ހޯދަން އުޅޭބަޔަކަށް ބާރުތަށް ހޯދައިދެއްވަން އުޅުއްވައިފީމު އެބައިގަޑެއްގެ ބަލާވެރިކަން ގައުމަށް ފާކޮއްދިން އިސްމޭސްތިރިއެއް މައުމޫނަކީ ރައްޔިތުންގެ އެއްބައެއްގެ ގޮތުގަ ނިކުމެ މިބަލާވެރިކަން ޖެއްސި ބައެއް ގެ ފަރާތުން ދެން ހޯދާނީ ސަލާމަތް .
REPLY
އެމްއާރުއެމް ސިޔާސީ މައިދާނަށް ބަދަލު ގެންނާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ