ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން އަނެއްކާވެސް ހުޅުވާލަނީ

އާންމުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރުމަށް ނިންމައިފި އެވެ.
Advertisement
އާންމުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރުމަށް ނިންމައިފި އެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ޖުލައި 14 ގައި ހުޅުވާލި އެވެ. އެއީ އެ ކޮމިޝަނަށް އާއްމުންގެ ތެރެއިން މިހާރު ކަނޑައަޅާފައިވާ މެންބަރު އަބްދުލް ހަންނާނު އަހުމަދުގެ ދައުރު ހަމަ ވާތީ އެވެ.
ދެވަނަ ފަހަރަށް އިއުލާން ކުރަން ނިންމި ސަބަބު ހާމަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެންމެ ފުރަތަމަ ޖޭއެސްސީގެ މެމްބަރު ކަމަށް އިއުލާންކޮށްފައި ވަނީ، ކުރީގައި އަމަލު ކުރަން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ކަމަށެވެ.
ނަމަވެސް މިހާރު އަލަށް އަމަލުކުރަމުންދާ މަޖިލިސް ގަވައިދުގައި މަގާމުތަކަށް އެގޮތަށް އިއުލާން ކުރުމާ ގުޅޭ މަރުހަލާ ވަރަށް ތަފާތު ވާނެ ކަމަށާއި އަދި ގިނަ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެކަން އެގޮތަށް ކޮށްދެއްވުމަށް [އަލުން އިއުލާން ކުރުމަށް] އެދިފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
"އެއީ ކުރީގެ އިއުލާނަށް ޝައުގުވެރިކަމާއެކު ވަޑައިގެންނެވި ބޭފުޅުން [ކުރިތިލެއްވި ބޭފުޅުން] އެދިވަޑައިގަންނަވާ ނަމަ، އެ ބޭފުޅުންގެ ނަންފުޅުތައް ވެސް ފޮނުއްވަވަން ވީ. އަދި އިތުރަށް އެހެން ބޭފުޅުން ޝައުގުވެރިވެވަޑައިގަންނަވާ ނަމަ އެބޭފުޅުންގެ ނަންފުޅުތައް ވެސް ހުށަހަޅުއްވަންވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިގެން ވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ