އެޖެންޑާ 19ގެ ދަށުން ކަރަންޓު ޔުނިޓެއްގެ އަގު 2.50ރ އަށް ހެދީމަ ވާނެގޮތް މިއޮތީ!

ކަރަންޓު ޔުނިޓެއްގެ އަގު 2.50ރ އަށް ހެދުމަކީ އެމްޑީޕީގެ އެޖެންޑާ 19ގެ ވައުދެއް. އެހެން ނަމަވެސް މިފަދަ ނިންމުމެއް ނިންމާފައިވާއިރު މިއީ ކޮންކަހަލަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއްތޯ ބަލާލުން މުހިންމު. މިރޭގެ ބޮޑު ރިޕޯޓުގައި ބަލާލާނީ އެޖެންޑާ 19ގެ ދަށުން ކަރަންޓު ޔުނިޓެއްގެ އަގު 2.50ރ އަށް ހެދީމަ ވާނެގޮތް. އެހެން ކަމުން ރައްޔިތުން ބިލު ނަގާފައި ހިސާބު ޖެހުމަކީ މުހިންމުކަމެއް.އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް އެކުލަވާލާފައިވާ އެޖެންޑާ 19 އިން ރައްޔިތުންނަށް ޔަގީން ކޮށްދޭނެ އެއް ކަމަކީ ކަރަންޓް ޔުނިޓެއްގެ އަގު 2.50ރ ތިރިކޮށްދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 4 ވަނަ ދުވަހުގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރުގައި ބަރަހަނާ ފިލްމު ކުޅުއްވައިގެން އަދަބު ތަންފީޒު ކޮށްފައިވާ އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި އާދިލް ސަލީމްގެ މަޖިލިސް ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ކ.މާފުށީގައި ދެއްކެވި ވާހަކަފުޅުގައެވެ.ނަޝީދު ފާހަގަކުރެއްވިގޮތުގައި އެކަން ކުރުމުގައި 100 ޔުނިޓުން މައްޗަށް ތޯ ނުވަތަ އިތުރު ޔުނިޓަކުންތޯ އެޖެންޑާ 19 އިން ނުބަލާނެއެވެ.މިހިސާބުން ބިލުގައި ޔުނިޓްތައް ބަހާލެވިފައިވާ ގޮތާއި މިހާރު ނަގާ ރުފިޔާގެ އަދަދު ބައްލަވާށެވެ. އެއަށްފަހު އަޑުއައްސަވާށެވެ. ދެން މަޑުކޮށްލައްވާށެވެ.ދެން ނަޝީދު ވިދާޅުވީ އުޅޭ ތަންކޮޅު ކުޑަވުމުގެ ސަބަބުން ކިރިޔާވެސް ލޮލުފިޔައެއް ޖަހާލެވެނީ އެއަރކޯންޑިޝަނެއް ގެއެއްގައި ހަރުކޮށްގެން ކަމަށެވެ. އެއީ ތަނަވެސްވެގެން ކުރާކެމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ."ކިރިޔާވެސް ލޮލުފިޔައެއް ޖަހާލެވެން މި އޮންނަނީ ކޮންމެވެސް ގޮތެއް (އޭސީކޮށްގެން) ހަދައިގެން. އޭނާގެ ކަރަންޓު ބިލުން 1500ރ ކަނޑާލީމަ އަޅުގަނޑުމެންނަކަށް ނުފެނޭ އެއީ އިންސާފުކަމަކަށް. މީގެ ޔުނިޓެއް ހަދަން ނުނަގައޭ އިނގޭތޯ މާ ތަތް ލާރިތަކެއް. އެފައިސާ، އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތް އެބައޮތް. އެޖެންޑާ 19 ކޮށްދޭނެ އެންމެ މުހިންމު އެއް ކަމަކީ، 2.50ރ އަށް ގެނެސް ދިނުން." ނަޝީދު ވިދާޅުވިއެވެ.މިއޮތީ ކަލްކިއުލޭޓަރު ނަގައިގެން ހިސާބުޖަހަންވީ ވަގުތު އައިސް ޖެހިފައެވެ. ނަޝީދު އެ އެއުޅުއްވަނީ އާދައިގެ ގޭބިސީތަކުގެ ކަރަންޓުގެ ބިލު ބޮޑުވާތީ ކަންބޮޑުވެލައްވައިގެންނެވެ. ކަރަންޓު ޔުނިޓްތައް ބިލުގައި 5 ގިންތިއަކަށް ބަހާލެވިފައިވާއިރު 0 ރޭޓުން ފެށިގެން 100 ޔުނިޓާއި ދޭތެރޭގައި ނަގާ އަދަދު ބައްލަވާށެވެ. 101 އިން ފެށިގެން 201 އާ ހަމަޔަށް ޔުނިޓަކުން ނަގާ އަދަދު ބައްލަވާށެވެ. މިހެން ގޮސް ފުރަތަމަ 4 ގިންތިއާ ހަޔަމަށް ދާއިރު ޔުނިޓް ރޭޓަކީ ކިހާވަރެއްތޯ ތިބޭފުޅުންގެ ބިލުން ބައްލަވާށެވެ. އަޅުގަނޑުގެ އަތުގައި އޮތް ބިލުގައިވާގޮތުން 0 ރޭޓުން ފެށިގެން ނަޝީދު އެވިދާޅުވާ 100 އާ ހަމަޔަށް ނަގަނީ 1.50ރ އެވެ. 200 ޔުނިޓަށް އެރީމަ 1.70ރ އެވެ. 300 ޔުނިޓަށް އެރީމަ 2.15ރ އެވެ. 400 ޔުނިޓަށް އެރީމަ 2.50 ލާރިއެވެ. މިއީ އާދައިގެ ގޭބިސީތަކުގައި އެވްރެޖްކޮށް ކަރަންޓު ބޭނުންކުރާ ގިންތިތަކެވެ. މާލެއާއި ރަށްރަށުއި ތަފާތުވެދާނެއެވެ. ވިޔަފާރި ކުރާ ތަންތަންވެސް ތަފާތުވެދާނެއެވެ. އެހެން ނަމަވެސް އެޖެންޑާ 19ގެ ދަށުން ކ.މާފުއްޓާއި މާލެއާއި މުޅި ރާއްޖޭގައި މިގޮތަށް 2.50ރ ގެ ރޭޓުން މިކަން ކޮށްފިނަމަ ވާނީ ކިހިނަކުން ހެއްޔެވެ؟"އެޖެންޑާ 19އިން ކޮށްދޭނެ އެންމެ މުހިންމު އެއްކަމަކީ ކަރަންޓުގެ އަގު 2.50ރ އަށް ތިރިކޮށްދިނުން. 2.50ރ އަށް ތިރިކޮށްދިނުން. ކޮންމެހެން 100 ޔުނިޓުން މައްޗައްތޯ އަނެއް ޔުނިޓަކުން މައްޗަށްތޯ ބަލާނެކަމެއް ނެތް. އަޅުގަނޑު ގުޅިއަށް ގޮސްފައި ކުއްޖެއްގެ ކަރަންޓު ބިލު ބަލާލިއިރު ހުރީ 1000ރ އަށް." ނަޝީދު ވިދާޅުވިއެވެ.މިހާރު ބިލު ހަދާ އުސޫލުން 400 ޔުނިޓުގެ ކަރަންޓަށް ދައްކަން ޖެހެނީ 785 ރުފިޔާއެވެ. ނަމަވެސް 2.50ރ އަށް ކަރަންޓުގެ އަގު ހަދައިފިނަމަ 400 ޔުނިޓުގެ ކަރަންޓަށް ނަޝީދުގެ އަދަދުން ހިސާބު ޖަހައިގެން އަރާނީ 1000 ރުފިޔާއެވެ. އެހެންވީމާ ގުޅީގަ ހުންނަ ކުއްޖާ 785 ރުފިޔާ ދައްކަން ޖެހުނު ތަނަކަށް 1000 ރުފިޔާ ދައްކަން ޖެހުނީމާ މިވީ ދިވެހި މޭސްތިރިން ކޮޑި ލަކުޑި ނުގެނެސް ގަސްހުރިގޮތަށް ލޮގު ގެނެސްގެން ބޮޑު ކީހުން ކީހީމާ ވީގޮތައްހެން ހާދަ ހީވެއެވެ. އެހެންކަމުން 50 އާއި 4 އާއި ގުނަކުރީމާ ހަމަ ދެލައްކަވެސް ވެދާނެ ނޫންހެއްޔެވެ. އެއީ ހާސްކުރުކޮށް ކިޔާލީމާ ވާނެގޮތެވެ. ހިސާބު ޖެހުމުގައި ނަންވާނީ އެހެން ބޭފުޅުންނެވެ.މިއީ ވަކިން ޚާއްސަކޮށް އަތުޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ދިރިއުޅުން ބަދަލުކުރަމުން އަންނަ އާއިލާތައް އަދި ވަކިން ޚާއްސަކޮށް އަލަށް ކައިވެނިކޮށްގެން އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް ބަދަލުވާ ޒުވާނުން ދިރާސާކޮށް ހިސާބު ޖަހާލަން މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ