ޕީޕީއެމްގެ ޕްރައިމަރީއަށާއި ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބުދުﷲ ޔާމީނަށް އުމަރު ނަސީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު ނުބޭއްވުމަށް އަންގަވާފައިވަނިކޮށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އުމަރު ނަސީރު ވިދާޅުވީ ރަނގަޅު ކުރަން ހުރި ގިނަ ކަންތައްތަކެއް ޕްރައިމަރީން ފާހަގަ ކޮށްލެވުނު ކަމަށެވެ. އޭގެތެރޭގައި އިދާރީ މައްސަލަތައް ކަމަށް ބުނެ އުމަރަށް ތާއިދު ކުރާ ފަރާތްތަކަށް ވޯޓު ލުމަށް ހުރަސް އެޅި ކަމަށާއި ފައިސާދީގެން ވޯޓު ގަތް ކަމަށާއި ރަށްރަށުގައި ނުލައި ހުރި ކަރުދާސްތަކުގައި ޔާމީނުގެ ނަން ޖަހާފައިވާ ކަމަށާއި އަދި ބައެއް ރަށްރަށުގައި އުމަރަށް ލިބިފައި ހުރި ވޯޓު ކަރުދާސްތަކުގައި ދެތަނުގައި ފާހަގަލާ އެކަރުދާސްތައް ބާތިލުކޮށްފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ ޕްރައިމަރީގައި ވާދަ ކުރެއްވީ ރައީސް މައުމޫނުގެ އާއިލާއާއި، ޕާޓީގެ ކައުންސިލާއި އެންމެހާ ކޮމިޓީތަކާއި ދެކޮޅަށް ކަމަށެވެ. އެގޮތުން ކައުންސިލާއި ހާއްސަކޮށް އިންތިހާބު ކޮމިޓީން ވެސް ޔާމީނަށް ތާއިދު ކުރާ ކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ.
އުމަރުވަނީ މިރޭ އާ މަސައްކަތްތަކެއް ފެއްޓެވިކަން ވެސް އިއުލާނު ކުރައްވާފައެވެ. އެގޮތުން "ހުދު އިންގިލާބު"ގެ ނަމުގައި ފެއްޓެވި އެމަސައްކަތް ހުއްޓާނުލާނެ ކަމަށާއި ޕީޕީއެމް ވެސް ދޫނުކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.
ޕްރައިމަރީއަށާއި ޔާމީނަށް އުމަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ