މޫސުން ގޯސްވެގެން އީދު ނަމާދުގެ ބޮޑު ޖަމާއަތް ކެންސަލް ކޮށްފި

މާދަމާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ކުރަން ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވިދާޅުވީ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ކެންސަލްކުރީ ވިއްސާރަވެ މޫސު ތަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
ސުޓޭޑިއަމް ސަރަހައްދުގައި މާދަމާ ޢީދު ނަމާދު ނުކުރަން ނިންމާފައިވާއިރު އެސަރަހައްދު ތައްޔާރުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ ބޮޑު ޖަމާއަތް ކެންސަލް ކުރި ނަމަވެސް މާލޭގެ ބޮޑެތި މިސްކިތްތަކާއި ރަށްރަށުގެ ބޮޑެތި މިސްކިތްތަކުގައި މާދަމާ އީދު ނަމާދުކުރުން ކުރިއަށްދާނެ ކަމަށެވެ.
ވިއްސާރަވުމުގެ ސަބަބުން ބޮޑު ޖަމާއަތް ކެންސަލްކޮށްފައިވާއިރު އަލްހިޔާ ކަތިލުމަށް ބަކަރި އެތެރެކުރުމަށް ވެސް ވިއްސާރަވުމުގެ ސަބަބުން ވަނީ ހުރަސްއެޅިފަ އެވެ.
ސުންނަތާ އެއްގޮތަށް ހުސް މައިދާންތަކުގައި ބޮޑު ޖަމާއަތުގައި ފަހަކަށް އައިސް އީދު ނަމާދު ކުރަމުން ގެންދާއިރު ގިނަ ރަށްރަށުގައި ވެސް ހުސް މައިދާންތަކުގައި އީދު ނަމާދު ކުރަމުން ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ