މޫސުން ގޯސްވުމުން އެމްޑީޕީ މެނިފެސްޓޯ ޖަލްސާ ފަސްކޮށްފި

އެމްޑީޕީން މިރޭ ބާއްވަން މަސައްކަތް ކުރި އެޕާޓީގެ މެނިފެސްޓޯ އިފްތިތާހު ކުރުމުގެ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
އެމްޑީޕީ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިރޭ އެޕާޓީން ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޕެރޭޑާއި މެނިފެސްޓޯ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރެވިފައިވާ ކަމަށާއި އެ ދެ ހަރަކާތް ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
އެމްޑީޕީން މެނިފެސްޓޯ އިއުލާން ކުރަން މިރޭ ތައްޔާރުވަމުން ދިޔައިރު އެމްޑީޕީގެ ދިފާއީ ސިޔާސަތު ލީކު ކޮށްލި "ރަންނަމާރި" ފޭސްބުކް ޕޭޖުން މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ އެމްޑީޕީގެ ފުލް މެނިފެސްޓޯ ކަމަށް ބުނެ 141 ސަފްހާގެ ލިޔުމެއް އާންމުކޮށްފަ އެވެ. އަދި އެމްޑީޕީގެ ކުލަ ޔެލޯ ޕޭޖުން މިއަދު ހަވީރުގެ ވަގުތެއްގައިވަނީ އެމްޑީޕީގެ މެނިފެސްޓޯގެ ލިންކް އާންމުކޮށްފަ އެވެ.
ރައީސް ނަޝީދުގެ ރަސްމީ ވެބްސައިޓްގައި ވެސް އެމްޑީޕީގެ މެނިފެސްޓޯ މިއަދުގެ ވަގުތެއްގައި ވަނީ އާންމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ