ބިދޭސީ އިންވެސްޓަރުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ އިސްލާހަށް ރައްޔިތުންގެ ހިޔާލު ހޯދަން މައުމޫން އެދިވަޑައިގެންފި

ރާއްޖޭގައި ބިޔަ އިންވެސްޓްމަންޓްތައް ކުރާ ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ހުށަހަޅާފައިވާ އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް އަބްދުﷲ ޔާމީނަށް ދަންނަވާފައި ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި އިސްލާހު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސަށް ދަންނަވާފައި ވާނެ ކަމަށެވެ. ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް އެ ބިމުން ބައެއް މިލްކުކުރެވޭ ގޮތަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ގާނޫނުއަސާސީ އިސްލާހްކުރުމަށް ހުށަހެޅުއްވި ބިލްގައި، ގާނޫނުއަސާސީގައި މިހާރު އޮތް 301 ވަނަ މާއްދާގެ ފަހަތަށް، އިތުރު އަށް މާއްދާ ހިމެނޭ ގޮތުން، 15 ވަނަ ބާބު އިތުރު ކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ. I have appealed to president to seek public opinion on proposed constitutional amendment re land ownership before ratification. — Maumoon Abdul Gayoom (@maumoonagayoom) July 22, 2015 މައުމޫންގެ ޓްވީޓް ހުށަހެޅި އިސްލާހަށް ސަރުކާރާއި އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ތާއިދުކޮށްފަ އެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އިން އިސްލާހުކުރާ ބައިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ބަޔަކަށް އެންމެ ދިގު މުއްދަތަކަށް ކުއްޔަށް ނުވަތަ އެނޫން ވެސް ގޮތަކަށް ދެވޭނީ އެންމެ ގިނަވެގެން 99 އަހަރަށް ނަމަވެސް އެ މާއްދާއަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ އެވެ. ބިން މިލްކުކުރެވޭނެ ޝަރުތުތައް ކަނޑައަޅައި، ގާނޫނުއަސާސީ އަށް 15 ވަނަ ބާބު އިތުރުކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ