ސީއެސްސީގެ މެމްބަރު ކަމަށް ޝަހީދު އައްޔަން ކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީފައިވާ ޝަހީދު މުހައްމަދު އެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ. ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ގއ. ވިލިނގިލީ ވައިޖެހޭގޭ، ޝަހީދު އެ މަގާމަށް އައްޔަން ކުރައްވައި، މަގާމުގެ ފަތްކޮޅު އެރުއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީނެވެ. ފަސް މެމްބަރުން ތިބޭ ސީއެސްސީ ގައި ޝަހީދުގެ އިތުރުން ދެން ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޖަމީލާ އަލީގެ އިތުރުން ރީނީ އަބްދުއްސައްތާރާއި ޒަކަރިއްޔާ ހުސައިނެވެ. ޝަހީދު ފިޔަވައި ދެން ތިއްބެވި ބޭފުޅުން ކުރިން ވަނީ އެ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ