ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް ކޯޓުން ވަގުތީ އަމުރެއް ނުނެރެދިން

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނު ނަމަވެސް އެ އަމުރު ނުރެނެދިނެވެ.
ޓީޓީ އެސޯސިއޭޝަނުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާއިރު، އެ އެސޯސިއޭޝަނުގެ އިންތިޚާބު އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން ތާޅަފިލި އަލިބެ ވަނީ އިންތިޚާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދެފައެވެ.
އެކަމަކު ހޯމަ ދުވަހު ސިވިލް ކޯޓުން ނިންމި ހުކުމުގައި ބުނެފައިވަނީ ޝަރީއަތުގެ މަރުހަލާތަކަކީ ދިގުދެމިގެންދާ އަދި ގިނަ ދުވަސްތަކެއް ވެގެން ހިނގައިދާނެ މަރުހަލާތަކެއް ކަމަށް ވެފައި، ވަގުތީ އަމުރު ރައްދުވާ ފަރާތަށް އިންތިޚާބެއް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާނަމަ، އޭގެ ސަބަބުން ޓީޓީ އެސޯސިއޭޝަނުގެ އެންމެހައި މެންބަރުންގެ ހައްގުތައް ގެއްލި، ޓީޓީ އެސޯސިއޭޝަން ހިންގުމުގައި ދަތިތަކެއްކުރިމަތި ވެގެންދާނެތީ، ވަގުތީ އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށްވުރެ ވަގުތީ އަމުރު ނެރުމުގެ ސަބަބުން ވަގުތީ އަމުރު ރައްދުވާ ފަރާތަށް ލިބޭނެ ގެއްލުން މި ހާލަތުގައި ބޮޑުކަމަށް ޝަރީއަތަށް ބުރަވެވޭތީ، ވަގުތީ އަމުރެއް ޝަރީއަތުން ނެރެންޖެހޭނެ ތަނެއް ނެތްކަން ޝަރީއަތުގެ ހަމަތަކުން އެނގޭ ކަމަށެވެ.
ޓީޓީ އެސޯސއޭޝަނުގެ މައްސަލަ ތާޅަފިލި އަލިބެ ކޯޓަށް ހުށަހެޅީ ޓީޓީ އެސޯސިއޭޝަނުގެ ކުރިއަށް އޮތް އިންތިޚާބަކީ އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް ހައްދަވާދެއްވުން އެދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހައި ފަރާތްތަކަށް ހުށަހެޅުމަށްފަހު، އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެއްވުމަށް އެފަރާތްތަކުން އުޒުރުވެރިވެ، އެހުރިހާ ދޮރެއް ބަންދުވުމުން، އެ ފަރާތްތަކުން އިންސާފު ލިބޭނޭ ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަ
(ތަފުސީލު އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ