ގޫގުލް އިން އިންޑިއާގައި 10 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމައިފި

ގޫގުލް އިން އިންޑިއާގައި 10 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމައިފިއެވެ.
ގޫގުލްއިން އިންޑިއާގައި މެގަ އިންވެސްޓްމަންޓެއް ކުރުމަށް ނިންމާފައި މިވަނީ ކުރިޔަށް އޮތް ފަހެއް ނުވަތަ ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ކަމަށް ގޫގަލްއިން ބުނެއެވެ.
ގޫގުލް އިން ކޮންމެ އަހަރަކު ބާއްވާ އެނުއަލް ގޫގުލް ފޯ އިންޑިއާ އިވެންޓުގައި މި އިންވެސްޓްމަންޓް ގެ މައުލޫމާތު ދެމުން އަލްފަބެޓް އިންކްގެ ސީއީއޯ ސުންދަރް ޕިޗައި ވަނީ އިންޑިއާގެ ވިޔަފާރިތަކަށް އާ ޕްރޮޑަކްޓް ތަކާއި ހިދުމަތްތައް ތައާރަފުކޮށް ވިޔަފާރިތައް ޑިޖިޓަލް ކުރުމަށް އެހީވެދޭނެ ކަމަށް ވިދާޅުވެފައެވެ.
ޕިޗައި ވަނީ މިއީ މުސްތަގުބަލަށް އިންޑިއާ ޑިޖިޓަލް އިކޮނޮމީއަކަށް ދިއުމަށް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމުގައިވެސް ފާހަގަކުރައްވައިފައެވެ.
އިންޑިއާ އަކީ ގޫގުލްގެ ޕްރޮޑަކްޓް ތަކަށް ރަނގަޅު މާކެޓެކެވެ. ހާއްސަކޮށް އެންޑްރޮއިޑް އާއި ސާޗްގެ އިތުރުން ޔޫޓިއުބް އަކީ ވެސް އިންޑިއާގައި ބޮޑު ފައިދާއެއް ހޯދާ ޕްރޮޑަކްޓް ތަކެކެވެ. އިންޑިއާގައި އެކަނިވެސް 245 މިލިއަން މީހުން ޔޫޓިއުބް ބޭނުންކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ