ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި

އައްޑޫސިޓީ ހިތަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައިގައި ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމައްސަލައިގައި އިއްޔެ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނެއް ރޭޕް ކޮށްފައިވާ ކަމުގެ މައްސަލައެއް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނު ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ