އުރީދޫ ފަން ރަންގެ ބައިވެރިންނަށް ހާއްސަ ލަކީޑްރޯއެއް

އުރީދޫ ފަން ރަންގައި ބައިވެރިންނަށް އުރީދޫ މޯލްޑިވްސް އިން ފަން ރަން ދުވަހު ހާއްސަ "ލަކީޑްރޯ" އެއް ކުރިއަށް ކުރިއަށްދާނެ އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.އުރީދޫ ފަން ރަންގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް އޮޓަމެޓިކުން މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.ނަސީބުވެރި ތިން މީހަކަށް ސްރީލަންކާގެ ކޮލޮމްބޯ އަށް ދެކޮޅު ޓިކެޓް، ފިޓްސް އެއާރ ގެ ފަރާތުން ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓް ގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ހިމެނެ އެވެ.މި ލަކީޑްރޯ ލައިވްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގައި ހުންނަ އުރީދޫ ފަން ރަން ސްޓޭޖުގަ އެވެ.އުރީދޫ ފަން ރަން އަކީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.އުރީދޫ ފަން ރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އުރީދޫ ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތައް ފޮލޯކުރުމަށް އެ ކުންފުނިން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ