ގެ އަޅަން ފަސް ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގައި ދޫކުރާ ލޯނު ބީއެމްއެލްއިން އެޕްރޫވްކުރަން ފަށައިފި
އަލަށް ގެދޮރު އަޅަން ބޭނުންވާ މީހުންނަށް ނުވަތަ ހަދަން ފަށާފައި ހުރި ގެ ނިންމުމަށް، ފަސް ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނު ލިބޭ ސްކީމް، 'ހިޔާވެހި'ގެ ދަށުން ލޯނުތައް އެޕްރޫވް ކުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފަށައިފިއެވެ. ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ ފަސް ޕަސެންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ. މި ސްކީމުގެ ދަށުން: ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން) އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 ޕަސެންޓް ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ އިމާރަތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވޭ އެ މަސައްކަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއިން ނަގަން ޖެހެނީ ވެސް ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން ކަމަށެވެ. "ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން. އެހެންކަމުން ހިޔާވެހި ފައިނޭންސިން ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ނިންމިން،" އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ބީއެމްއެލްއަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ބޭންކެއް ކަމަށެވެ. https://x.com/MoCImv/status/1976247413028553044 ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކުން މިހާރުވެސް އަންނަނީ 1،400އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުންނެވެ. ހިޔާވެހި ފައިނޭންސިންއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެކަން އެ ބޭންކުން ފާހަގަކުރިއެވެ. ބީއެމްއެލްއިން އެ ލޯނުތައް އެޕްރޫވް ކުރަން ފެށުމާ ގުޅިގެން ހައުސިން މިނިސްޓްރީން ޚާއްސަ ހަފުލާއެއް ވެސް ބޭއްވިއެވެ. އެ ހަފުލާގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ، ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިނޭންސް ލިބޭ ކަމުގެ ލިޔުން ބައެއް މީހުންނާ ހަވާލުކުރައްވައިފައެވެ. އެ މިނިސްޓްރީން ބުނީ ހިޔާވެހި ފައިނޭންސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 23 އެޕްލިކޭޝަނެއް އެޕްރޫވްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 15 މީހަކާ މިއަދު ލިޔުން ހަވާލުކޮށްފައިވެއެވެ. ރައީސް ވަނީ، ހިޔާވެހި ސްކީމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ މި ދަައުރުގައި، 18 އަހަރުން މަތީގެ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ