އެޑްވަޓޯރިއަލް: ދަ ކޮފީ ބީން އެންޑް ޓީ ލީފްއިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ކެފޭ މާދަމާ ހުޅުވަނީ

ދުނިޔޭގެ މަޝްހޫރު ސްޕެޝާލިޓީ ކޮފީ ބްރޭންޑެއް ކަމަށްވާ ދަ ކޮފީ ބީން އެންޑް ޓީ ލީފްއިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ކެފޭ މާދަމާ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގޮނޑުދޮށާ ދިމާލަށް ހުންނަ އައު ކެފޭއިން ކޮފީ ބީން އެންޑް ޓީ ލީފްގެ ޚާއްސަ ބުއިންތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެއެވެ. ދަ ކޮފީ ބީން އެންޑް ޓީ ލީފް ރާއްޖޭގައި ތައާރަފުކުރުމަށް މަގުފަހިވެގެން ދިޔައީ ރާއްޖޭގެ ހޮސްޕިޓޭލިޓީ ސިނާއަތުގައި ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ވޯޓަސްކޭޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށެވެ. ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕެޕަޓް މިންޔާނާ ވިދާޅުވީ، ވޯޓަސްކޭޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާއެކު ދިވެހީންނަށް ކަމުދާނެ، ހިތްގައިމު ތަނެއް ހެދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އެ ތަނުގައި ތައްޔާރުކުރާ ބުއިންތަކަކީ ދަ ކޮފީ ބީން އެންޑް ޓީ ލީފްއިން އެތައް އަހަރެއްގެ ތަޖުރިބާއާއެކު ފުރިހަމަކަން ގެނެސްފައިވާ ބުއިމުގެ ބާވަތްތަކެއް ކަމަށް އެ ބްރޭންޑުން ބުނެއެވެ. ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ މުޅިން ޚާއްސަ ބުއިމެއް ކަމަށްވާ އައިސް ބްލެންޑެޑް ބުއިންތައް ވެސް އައު ކެފޭއިން ލިބެން ހުންނާނެ -- ފޮޓޯ/ ދަ ކޮފީ ބީން އެންޑް ޓީ ލީފް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވާ ދަ ކޮފީ ބީން އެންޑް ޓީ ލީފް ވާނީ ވަރަށް ވެސް ހިތްގައިމު މަންޒިލަކަށެވެ. ދަ ކޮފީ ބީން އެންޑް ޓީ ލީފްއިން ލިބެން ހުންނަ ސައި އަދި ކޮފީއަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ފާމްތަކުގެ ތެރެއިން ކަނޑައެޅިފައިވާ ފާމްތަކަކުން ނަގާފައިވާ ޕްރީމިއަމް އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ހަދާފައިވާ ބާވަތްތަކެކެވެ. ކޮންމެ ބުއިމަކީ ވެސް ދަ ކޮފީ ބީން އެންޑް ޓީ ލީފްއިން ދަމަހައްޓާ ކޮލިޓީގެ ފެންވަރު ދައްކުވައިދޭ މިސާލެކެވެ. ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ މުޅިން ޚާއްސަ ބުއިމެއް ކަމަށްވާ އައިސް ބްލެންޑެޑް ބުއިންތައް ވެސް އެ ތަނުގައި ލިބެން ހުންނާނެއެވެ. އެއީ ހޫނު ދުވަސްތަކުގައި ބޯލުމަށް ވަރަށް އެކަށޭނަ އަދި ކަސްޓަމަރުންނަށް ތާޒާކަން ލިބިގެންދާނެ ބުއިންތަކެކެވެ. މި ބުއިންތައް ފުރިހަމަކޮށްލުމަށް ލިބެން ހުންނާނެ މީރު ކާނާގެ ތެރޭގައި ޕޭސްޓްރީޒް، ސޭންޑްވިޗް، ކޭކު އަދި ބްރައުނީޒް ހިމެނޭނެއެވެ. ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ލެގަސީ ބިނާކޮށްފައިވަނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތަކެތި ސޯސްކުރުމަށް ޚާއްސަކޮށްގެންނެވެ. މިގޮތުން މި ބްރޭންޑުން ބޭނުންކުރާ ކޮފީ ބީންސް ހޯދަނީ ދުނިޔޭގެ މަޝްހޫރު ކޮފީ ހައްދާ ސަރަހައްދުތަކުގައި އުފައްދާ އެރެބިކާ ކޮފީ ބީންސްގެ އެންމެ ރަނގަޅު އެއް ޕަސެންޓުންނެވެ. މި ކޮފީ ބީންސް ރޯސްޓްކުރަނީ ކުދި ބެޗްތަކަށް ބަހައިލައިގެންނެވެ. އެއީ އެ ބީންސް ހޯދި ސަރަހައްދަކަށް ޚާއްސަ އެރޯމާއާއި ރަހަ ގެނައުމަށްޓަކައެވެ. މި ބްރޭންޑުގެ ސައިފަތް ހޯދުމަށް ޓަކައި ސްރީލަންކާ، ޗައިނާ، ތައިލެންޑް އަދި ޖަޕާނުގެ ފެމިލީ-އޯންޑް އެސްޓޭޓްތަކާ ގުޅިގެން އެ ތަންތަނުން ލިބެން ހުންނަ އެންމެ ރަނގަޅު ސައިފަތް ހޭންޑް ޕިކް އަދި ހޭންޑް ބްލެންޑްކޮށް ތައްޔާރުކުރުމުން މި ބްރޭންޑުގެ ކޮންމެ ސަޔަކަށް ވަރަށް ތާޒާކަމާއި ޚާއްސަ ސިފަތަކެއް ގެނެސްދެއެވެ. މި ބްރޭންޑުގެ ބުއިންތައް ތައްޔާރުކުރުމުގައި ކޮންމެ މަރުހަލާއެއްގައި ކޮލިޓީއަށް ވަރަށް ބޮޑަށް ސަމާލުކަމުންދޭ -- ފޮޓޯ/ ދަ ކޮފީ ބީން އެންޑް ޓީ ލީފް މި ބްރޭންޑުގެ ބުއިންތައް ތައްޔާރުކުރުމަށް އަންނަ ކޮންމެ މަރުހަލާއެއްގައި ކޮލިޓީއަށްދޭ ސަމާލުކަމުން މި ބްރޭންޑުގެ ބުއިންތަކުން އަބަދުވެސް ޕްރީމިއަމް އަދި ރަހަ ރަނގަޅު ތަޖުރިބާއެއް ކުރެވިގެންދާނެއެވެ. މިއީ ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ''ޕެޝަން ފޯ ދަ ޕާފެކްޓް ބްރޫ" ވަރަށް ފުރިހަމައަށް ދައްކުވައިދޭ ކަމެކެވެ. ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ލާޓޭ، އައިސް ބްލެންޑެޑް މޯކާ އަދި ކޯލްޑް ބްރޫ ޓީ ފަދަ ސިގްނެޗާ ބުއިންތައް މި ކެފޭއިން ތަޖުރިބާކޮށްލުމުގެ އިތުރުން، މި ބްރޭންޑުގެ ހޯލް ބީން ކޮފީ އާއި ހޯލް ލީފް ޓީގެ ރީޓެއިލް ޕެކް ބައްލަވައިގެންނެވެން ހުންނާނެއެވެ. އަދި މި ކެފޭގެ ބުއިންތައް އޭގެ ރަހައަށް އަދި ކޮލިޓީއަށް ބަދަލެއް ނައިސް ގޭގައި ތައްޔާރުކޮށްލެވޭނެއެވެ. މީގެ އިތުރުން ކޮންމެ ކަމަކަށް އަދި ކޮންމެ ބޭފުޅަކަށް ގުޅޭނެ މި ބްރޭންޑުގެ ޓަމްބްލާސް އަދި މަގްސް ފަދަ ސްޓައިލިޝް ޑްރިންކްވެއާ ވެސް މި ކެފޭއިން ގަންނަން ލިބޭނެއެވެ. ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ހެޑް ކުއާޓާސް ހުންނަނީ އޭޝިއާގައެވެ. އަދި މިއީ ޖޮޮލިބީ ގުރޫޕުގެ މެންބަރެކެވެ. މި ބްރޭންޑަކީ މިޑަން ގްލޯބަލް ސްޕެޝޭލިޓީ ކޮފީ އަދި ޓޯ ހައުސްއެކެވެ. މި ބްރޭންޑް ފެށިފައިވަނީ 1963 ވަނަ އަހަރު ދެކުނު ކެލިފޯނިއާގައެވެ. މިއަދު ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ 1200 ކެފޭ 20 ގައުމެއްގައި ވަނީ ގާއިމުކޮށްފައެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވާ ދަ ކޮފީ ބީން އެންޑް ޓީ ލީފް ވާނީ ރާއްޖޭގައި ހުޅުވާ ފުރަތަމަ، ދަ ކޮފީ ބީން އެންޑް ޓީ ލީފްއަށެވެ. ކެފޭ ހުންނަނީ ހިރުނދު މަގުގެ ލޮޓް 10376ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ