ބޭސް އެތެރެކުރާ ކުންފުނީގެ އެމްޑީއަކަށް ޑރ. ޝާހް މާހިރު
ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް އުފައްދާފައިވާ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ. ޝާހް މާހިރު އައްޔަންކޮށްފިއެވެ. ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބޭސް އެތެރެކުރާ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީ ކަމަށް ޑރ. ޝާހް އައްޔަންކުރުމުގެ އިތުރަށް، ދެ ބޯޑު މެންބަރަކު އައްޔަންކޮށްފައިވާކަން ޕީސީބީން ހާމަކުރިއެވެ. އެއީ: އާއިޝަތު މުހައްމަދު/ މ. ކުރެއްދޫގެ ޝިބާނާ ޢަބްދުﷲ ދީދީ/ ފްލެޓް ނަންބަރު 10-3-1 ޝާހު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރުގައެވެ. އޭނާ ބޭސް ކުންފުންޏާ ހަވާލުވެވަޑައިގަތުމުން، އެ މަގާމު ހުސްވާނެއެވެ. މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޝާހު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވިއެވެ. ނަމަވެސް ޖޭޕީން ވަކިވެވަޑައިގެން، އޮގަސްޓު 2023ގައި އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. https://sun.mv/186116 ކޮވިޑް19ގެ ފަރުވާއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެލްތު މިނިސްޓްރީން ސަސްޕެންޑު ކުރި މުވައްޒަފުންގެ ތެރޭގައި ޝާހު ހިމެނުނު ނަމަވެސް، އެ މައްސަލަ ބެލުމަށްފަހު އޭސީސީން ނިންމީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް އެެތެރެކުރަން ސަރުކާރުން ވަކި ކުންފުންޏެއް ހަދަން ނިންމައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެ ކުންފުނި އުފެއްދިކަން ރައީސް އޮފީހުން އިއުލާންކުރީ މިދިޔަ އަންގާރައިގައެވެ. ރައީސް އޮފީހުން ބުނީ މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް އުފައްދަވައިފައިވާ ކުންފުންޏެއް ކަމަށެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. https://sun.mv/211067 މި ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ. އާ ކުންފުންޏެއް އުފެއްދިއިރު، މިކަމުގެ ކަންބޮޑުވުން މީގެ ކުރިން އެކި މީހުން ފާޅުކޮށްފައިވެއެވެ. އެގޮތުން ބޭސް ހޯދަން ލުއިފަސޭހަ ކުރަންކަމަށް ބުނެ ދައުލަތުން އާ ކުންފުންޏެއް އުފެއްދުމުން، އެ ކަން ވާނީ އިތުރު ބޮޑު ޚަރަދަަކަށް ކަމަށް ކަމާ ގުޅުން ހުރި ބައެއް މީހުން ބުނެފައެވެ. އެގޮތުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ވަނީ ބޭސް އެތެރެކުރުމަކީ އެސްޓީއޯއާއި، އަމިއްލަ ވިޔަފާރިތަކުން ޒަމާނުއްސުރެ ކުރަމުން އަންނަކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެހެން އެ ކަން އޮއްވައި، އާ ކުންފުންޏެއް ހަދައިގެން ވާނީ އިތުރަށް އުނދަގޫ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ