އާފަލާއި އޮރެންޖް ހިމެނޭހެން 23 ބާވަތެއް އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމަނައި، އެސްޓީއޯއިން ގެންނަނީ

އާފަލާއި އޮރެންޖު ހިމެނޭހެން 23 ބާވަތެއް އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމަނައި އެސްޓިއޯއިން އެ ތަކެތި ރާއްޖެއަށް ގެނެސް ހޯލްސޭލް ކުރަން ނިންމާފައިވާކަން އިކޮނޮމިކް މިނިސްޓްެރީން މިއަދު ހާމަކޮށްފި އެވެ.
ވީ  ކިހިނެއް؟ އާފަލާއި އޮރެންޖުގެ އަގު 12 ރުފިޔާއިން މައްޗަށް އަރައި، އެކަމާ ބައެއް އާންމުން ކަންބޮޑުވުންފާޅުކުރަމުންދާ މި ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ޖުމްލަ 23 ބާވަތެއް އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ވަނީ ހިމަނާފަ އެވެ.
ތަފްސީލު - މިނިސްޓްރީން ބުނީ، އަލަށް ލިސްޓުގައި ހިމެނި 23 ބާވަތް އެސްޓީއޯއިން ގެނެސް ހޯލްސޭލް ކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ.
މިނިސްޓްރީން ލިސްޓަށް އިތުރު ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ:
10 ބާވަތެއްގެ މޭވާ (އޭގެ ތެރޭގައި އާފަލު، އޮރެންޖު، ދޮންކެޔޮ، ލުނބޯ، އަނބު، ފަޅޯ އަދި މިރުސް ހިމެނޭ)
10 ބާވަތެއްގެ ތަރުކާރީ (އޭގެ ތެރޭގައި ފިޔާ، އިނގުރު، ކެރެޓް، ލޮނުމެދު، އަލުވި އަދި ބަށި ހިމެނޭ)
3 ބާވަތެއްގެ އެހެނިހެން ކާބޯތަކެތި ( އޭގެ ތެރޭގައި ހިމެނެނީ ކުކުޅާއި ކާށި އަދި މުުގު)
މީގެ ތެރެއިން ބައެއް ތަކެތި މިހާރު ވެސް އެސްޓީއޯއިން ގެނެ އެވެ. އަދި އެ ތަކެތި ހޯލްސޭލް އަގުގައި ފިހާރަތަކަށް ވެސް ވިއްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ