ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ހެދި މި ޕާޓްނަޝިޕްގެ ދަށުން، އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާާ ރޭހުގައި މެޑިކަލް ހިދުމަތްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭނެ އެވެ.
ޖުމްލަ 4,800އަށް ވުރެ ގިނަ ބައިވެރިން ވާދަކުރުމަށް ލަފާކުރެވޭ މި ރޭހުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ރޭސްތައް ހިމެނެ އެވެ.
ތަފްސީލް - ޓްރީ ޓޮޕް ހޮސްޕިޓަލުން:
މުބާރާތުގެ ދުވުން ހަމަޖެހިފައިވާ މަގުތަކުގައި މެޑިކަލް ޓީމުގެ ޓެންޓުތަކާއި އެމްބިއުލާންސްގެ ހިދުމަތާ އެކު ފުރިހަމަ މެޑިކަލް ކަވަރޭޖް ފޯރުކޮށްދޭނެ
މި ރޭހުގެ ކުރިން، އިއްޔެ އާއި މިއަދު ދިރާގުގެ މައި އޮފީހުގައި ކުރިއަށްގެންދާ ބިބް އެކްސްޕޯގައި ބައިވެރިންނަށް ހިލޭ ސިއްހީ ޗެކަޕް ހެދުމުގެ ފުރުސަތު އޮންނާނެ
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން
ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
ދިރާގު ރޭހުގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ