އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރު އެ ސިޓީއަށް ގެންދިއުމުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ބުނީ ކަމިންސް ބްރޭންޑުގެ އެ ދެ ޖަނަރޭޓަރާ އެކު 1.6 މެގަވޮޓުގެ އިތުރު އާ ޖަނަރޭޓަރެއް ވެސް އައްޑޫއަށް ފޮނުވާނެ ކަމަށެެވެ.
އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ އެކަމުގެ ޝަކުވާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ރޭގައި ވެސް އައްޑޫއިން ވަނީ ކަރަންޓު ކެނޑިފައެވެ.
ރޭ އައްޑޫ އިން ކަރަންޓު ކެނޑުނު ސަބަބަކީ އެފްއެސްއެމްއަށް ޑީސެލް ގަނެގެން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ތެޔޮ ނުލިބުން ކަމުގައި ހިތަދޫ ކައުންސިލް މެންބަރު އިބްރާހީމް ޝިނާޒް ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ކައުންސިލް ޖަލްސާގައި އައްޑޫގެ ކަރަންޓުގެ މައްސަލައާއި މެދު ކަންބޮޑުވުންފާޅުކޮށް ޝީނާޒު ވިދާޅުވީ އެފްއެސްއަށް ދައްކަން ޖެހޭ ފައިސާ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ދައްކާފައި ނުވާކަމަށެވެ. “ރޭ ކަރަންޓު ކެނޑުނީ ތެޔޮ ނެތިގެން. ރޭ ޑީސެލް ނުލިބި ކަރަންޓު ކެނޑުނު އިރު އެފްއެސްއެމްއިން 8 ޖެހުމާއި ހަމައަށް ޑީސެލް ދޫކޮށްފައެއް ނުވޭ” ޝީނާޒު ވިދާޅުވިއެވެ. އިތުރަށް ޝީނާޒު ވިދާޅުވީ ރޭ ސަރުކާރުން އެކަމަށް މަސައްކަތްކޮށް އެފްއެސްއެމްއިން ފަހުން ޑީސެލް ދޫކޮށްފައި ވީ ނަމަވެސް އަދިވެސް ފެނަކައިން އެފްއެސްއަށް ފައިސާ ދައްކާފައި ނުވާކަމަށެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތުރު ޖެންސެޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފެނަކައިން ދަނީ ބުނަމުންނެވެ.
އައްޑޫގެ ގެއަކުން ފެނުނު ދެމަފިރިންގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް: ފުލުހުން މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް 2025 ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި ރޭ އައްޑޫ އިން ކަރަންޓު ކެނޑުނީ، ޑީސެލަށް ފައިސާ ނުދައްކައިގެން ތެޔޮ ނުލިބިގެން: ޝިނާޒު އި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ