ޗައިނާއިން ވެނެޒުއެލާގައި ފްލޯޓިންގ ތެޔޮ ޕްލެޓްފޯމެއް ގާއިމުކޮށްފި

ޗައިނާގެ ކޮންކޯޑް ރިސޯސަސް ކޯޕަރޭޝަން (ސީސީއާރްސީ) އިން 1 ބިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުން ވެނެޒުއެލާގެ ދެވަނައަށް އެންމެ ބޮޑު ތެޔޮ އުފައްދާ ސަރަހައްދު ކަމުގައިވާ މަރަކައިބޯ ކަނޑުގައި ފުރަތަމަ ފަހަރަށް ފްލޯޓިންގ ތެޔޮ ޕްލެޓްފޯމެއް ގާއިމުކޮށްފިއެވެ.
އަލޫލާ ނަމަކަށް ކިޔާ މި ޕްލެޓްފޯމަކީ އެއްތަނުން އަނެއްތަނަށް އުފުލޭ އޮފްޝޯ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ޗައިނާގެ ޒޯޝަން ބަނދަރުން ގެނެސް، މަރަކައިބޯ ކަނޑުގެ ބްރިޖުގެ ދަށުން ލަގުނިއްލާސްއަށް ގެންގޮސްފައިވަނީ ޓަގް ބޯޓެއްގެ އެހީގައެވެ.
ސީސީއާރްސީއިން މި މަޝްރޫއު ފަށަނީ ވެނެޒުއެލާގެ ހުޅަނގު ސަރަހައްދުގައި ހުރި ލާގޯ ސިންކޯ އަދި ލަގުނިއްލާސް ލާގޯ ތެޔޮ ފީލްޑްތަކުގައެވެ. މިހާރު ދުވާލަކު 12،000 ބެރެލް ތެޔޮ އުފައްދާ މި ފީލްޑްތަކުން އަންނަ އަހަރުގެ ނިޔަލަށް ދުވާލަކު 60،000 ބެރެލް ތެޔޮ އުފެއްދުމަށް ވަނީ އަމާޒުހިފާފަ އެވެ. މިއީ އެމެރިކާގެ ދަށުން ހުރި އޮޕެކް ގައުމެއްގައި ޗައިނާގެ އަމިއްލަ ކުންފުންޏަކުން ކުރާ މުހިންމު އިންވެސްޓްމަންޓެކެވެ.
ސީސީއާރްސީއިން 2024 ވަނަ އަހަރު ވެނެޒުއެލާގެ ސަރުކާރުގެ ތެޔޮ ކުންފުނި ޕެޓްރޯލިއޯސް ޑި ވެނެޒުއެލާ (ޕީޑީވީއެސްއޭ) އާއެކު 20 އަހަރުގެ އުފެއްދުންތެރިކަން ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އަދި މި ކުންފުނިން ވަނީ ގާތްގަނޑަކަށް 100 ވެލް އަލުން ހުޅުވުމަށްޓަކައި ތެޔޮ ފީލްޑް ތަރައްގީކުރުމުގެ ތަޖުރިބާ ހުރި ޗައިނާގެ މުވައްޒަފުން ފޮނުވާފައެވެ.
ޕީޑީވީއެސްއޭއިން މިއަހަރު ތެޔޮ އުފެއްދުން ދުވާލަކު 1 މިލިއަން ބެރެލްގައި ހިފަހައްޓާފައިވާއިރު، ވޭތުވެދިޔަ މަހު ތެޔޮ އެކްސްޕޯޓްކުރުން ވަނީ 9 މަސްދުވަހުގެ ތެރޭގައި އެންމެ މަތީ އަދަދު ކަމަށްވާ ދުވާލަކު 966،500 ބެރެލަށް އަރާފައެވެ.
އެމެރިކާއާއި ވެނެޒުއޭލާގެ ގުޅުން އިންތިހާއަށް ގޯސްވެފައިވާއިރު މިއީ މަޝްރަޙު އިތުރަށް ގޯސްވެގެންދާނޭ ކަމެއް ކަމުގައި ބެލެވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ