އިސްރާއީލާ އިދިކޮޅު މުސްލިމް ކެންޑިޑޭޓް ނިޔުޔޯކްގެ އިންތިޚާބު ކާމިޔާބު ކުރައްވައިިފި
ވޮޝިންޓަން (5 ނޮވެންބަރު 2025) : އެމެރިކާގެ ނިޔުޔޯކް ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރެއްވި މުސްލިމް ކެންޑިޑޭޓް ޒަހްރާން މަމްދާނީ އިންތިޚާބު ކާމިޔާބު ކުރައްވައި އެ މަގާމަށް ހޮވިވަޑައިގެންފިއެވެ. އެމެރިކާގެ މީޑިއާ ތަކުން ބުނީ ނިޔުޔޯކް ސިޓީގެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޒަހްރާމް މަމްދާނީ ކަމުގައެވެ. އުމުރުން 34 އަހަރުގެ މަމްދާނީ އަކީ އިންޑިއާ ދަރިކޮޅުގެ މުސްލިމް އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ މުސްލިމެކެވެ. އޭނާގެ އަނބިކަނބަލުންނަކީ ސޫރިޔާގެ މުސްލިމް އަންހެނެކެވެ. މަމްދާނީ އާ ވާދަކުރެއްވީ ނިޔުޔޯކް ސިޓީގެ ކުރީގެ މޭޔަރު އެންޑްރޫ ކޯމޯ އާއި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކޯޓިސް ސްލީވާ އެވެ. މަމްދާނީ އަކީ ސޯސަލިސްޓް ފިކުރުގެ ބޭފުޅެކެވެ. މަހުޖަނުންގެ ކެޕިޓަލިސްޓް ފިކުރު އޮންނަ އެމެރިކާއަކީ ސޯސަލިސްޓް ފިކުރަކީ ޝައިތާނީ ފިކުރެއްކަމަށް ޕްރޮޕަގެންޑާކޮށް އެގޮތަށް އާންމުންގެ ވިސްނުން ބަދަލުކޮށްލާފައިވާ އަދި ކެޕިޓަލިޒަމްގައި ހައްްދު ފަހަނަޅާފައިވާ ގައުމެކެވެ. މިއީ އެމެރިކާގެ މަހުޖަނުންގެ ނުފޫޒުގައި ކުރާ ކަމެކެވެ. ނަމަވެސް ހައްދު ފަހަނަޅާފައިވާ ކެޕިޓަލިޒަމްގެ ސަބަބުން އެމެރިކާގައި މަހުޖަނުންގެ ބާރު އިންތިހާއަށް ގަދަވެ ހުރިހާ ރިސޯސްތަކަކަށް މަހުޖަނުން އަތްގަދަ ކުރުމާއެކު ފަގީރުން އިތުރަށް ފަގީރުވެ އަދި ފަގީރުންގެ އަދަދު މައްޗަށް ދާތީ ސޯސަލިސްޓް ފިކުރަށް ތާއީދުކުރާ މީހުން މިހާރުވަނީ ފާޅުގައި އެ ފިކުރު ޕްރޮމޯޓް ކުރަން ފަށާފައެވެ. މި މައްސަލާގައި އެމެރިކާގެ ނުފޫޒުގަދަ މަހުޖަނުންވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ހިތްހަމަ ނުޖެހިފައެވެ. މަމްދާނީ އޭނާގެ ކޭންޕެއިންގައި ވަނީ ނިޔުޔޯކްގައި ފަގީރުން އިތުރުވާ މައްސަލަ ހައްލުކުރުމަށާއި ފަގީރުންގެ ހާލަތު ރަނގަޅު ކުރުމަށް ސޯސަލިސްޓް އުސޫލުތައް ތައާރަފް ކުރައްވާނެކަމަށް ރައްޔިތުންނަށް ވައުދުވެވަޑައިގެންފައެވެ. މަމްދާނީ އަކީ ޔަހޫދީ އިސްރާއީލާވެސް ވަރަށް އިދިކޮޅު ބޭފުޅެކެވެ. ނިޔުޔޯކްގެ މޭޔަރުކަން ލިބިއްޖެ ހާލަތެއްގައި ޔަހޫދީ ބޮޑުވަޒީރު ނިޔުޔޯކަށް އަރައިފިނަމަ އޭނާ ހައްޔަރުކުރައްވާނެކަމަށް ކެމްޕެއިންގައި މަމްދާނީ ވަނީ ވިދާޅުވެފައެވެ. ޣައްޒާގައި އިސްރާއީލު ހިންގަނީ ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށާއި ފަލަސްތީނަށް މިނިވަން ދައުލަތެއް ހައްގުކަމަށް މަމްދާނީ ވަނީ ވިދާޅުވެފައެވެ. މި މައްސަލާގައި ޓްރަމްޕް ފަދަ ޒަޔަނިސްޓުންގެ ކޮންޓްރޯލްގެ ދަށުގައިވާ އެމެރިކާގެ އިސް ސިޔާސީ ވެރިންވަނީ މަމްދާނީ އާ ދެކޮޅަށް ވަރަށް ވަރުގަދަ އެންޓި ކޭންޕެއިންއެއް ފަށާފައެވެ. މަމްދާނީ ހޮވިއްޖެނަމަ އެމެރިކާގެ މައިޗސަރުކާރުން ނިޔުޔޯކަށް ދޭ އެހީން ވެސް އެ ސިޓީ މަހުރޫމް ކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ. ޒަޔަނިސްޓް ޔަހޫދީ ބިލިޔަނަރުންގެ 26 މަހުޖަނަކު ވަނީ މަމްދާނީ އާ ދެކޮޅަށް ކުރާ އެންޓި ކޭންޕެއިންއަށް އެތައް މިލިޔަން ޑޮލަރެއް ޚަރަދުކޮށްފައެވެ. ނަމަވެސް އެ ހުރިހާ ފަރާތްތަކަށް ގޮންޖައްސަވައި މަމްދާނީ މިވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. މުހައްލިލުން ބުނާގޮތުގައި މިއީ އެމެރިކާގައި އިސްރާއީލުގެ ޔަހޫދީ ލޮބީގެ ބާރު ކުޑަވަމުންދާކަމުގެ އެންމެ ވަރުގަދަ ހެއްކެވެ. އެމެރިކާގެ ޖެންޒީ ޒުވާނުންނަކީ ޔަހޫދީ ޒަޔަނިސްޓް ޕްރޮޕަގެންޑާ މެޝިނުން ސަލާމަތްވެ, ޔަހޫދީންގެ ހަގީގަތް އެނގޭބައެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ. އަނެއްކޮޅުން އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ މީހުންގެ 80 ވަރަކަށް އިންސައްތަ މިހާރު އިސްރާއީލާ ދެކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ އެކޭ އެއްގޮތަށް ޔޫރަޕްގައި ވެސް ޒުވާން ޖީލު ނުވަތަ ޖެންޒީން އިސްރާއީލާ ދެކޮޅުކަމަށް ވެއެވެ. ޖެންޒީންނަކީ ހުޅަނގުގެ ގައުމުތަކުގެ އާބާދީގެ ގާތްގަނޑަަކަށް 25 އިންސައްތައެވެ. ޖެންޒީން މައުލޫމާތު ހޯދަނީ ޔަހޫދީންގެ ކޮންޓްރޯލްގެ ދަށުގައިވާ ހުޅަނގުގެ މެއިންސްޓްރީމް މީޑިއާގެ ބަދަލުގައި ސޯސަލް މީޑިއާ ކަމަށް ވުމީ އިސްރާއީލުގެ އަނިޔާވެރި ލާއިންސާނީ ހަގީގަތް އެ މީހުންނަށް އެނގުމުގެ މައިގަނޑު ސަބަބުކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ