އަންނަ ރޯދައަށް ހާއްސަކޮށް އެސްޓީއޯގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އަންނަ ރޯދަ މަހުގެ ކުރިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލޭގައި އެސްޓީއޯގެ ރީޓެއިލް ފިހާރައެއް ނެތުމުގެ ގިނަ ޝަކުވާތަކެއް އެ ކުންފުންޏަށް ލިބެމުންދާތީ ހުޅުމާލެ ފޭސް އެކެއްގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި ފިހާރައެއް ހުޅުވުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.މީގެ އިތުރުން އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ 'އަގުމަގު' ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ އެވެ.ބާޒާރުގައި އެ ތަކެއްޗަށް އޮންނަ ޑިމާންޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. "އެސްޓީއޯގެ އަމާޒަކީ ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދު ވެސް ރައްޔިތުންނަށް ލިބެން ހުރުން،" އެސްޓީއޯއިން ބުންޏެވެ. އެސްޓީއޯއިން ބުނީ ބާޒާރުގައި އަލަށް ގެނައި ތަކެއްޗަށް އޮތް ޑިމާނަޑަށް ބަލައި އެ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ