ކާރަކަށް އެދި އަތްހޫރުވަމުންދިއަ ލޯފަން އަންހެނަކު ފެނުމުން ކާރުގައި އެއިރު އިން ފަސިންޖަރުގެ އިޒުނައާއިއެކު ޑްރައިވަރު ކާރުމަޑުކޮށް އޭނާ ކާރުގެ ކުރީ ސީޓަށް އެރުވިއެވެ. ފުރަތަމަ ގެންގޮސްދިނީވެސް އަންހެން މީހާއެވެ.
ކާރުމަޑުކޮށްފައި މިއާދެވުނީ ކަމަށް ބުމުން އަގަކީ ކިހައިވަރެއްތޯ ސުވާލުކުރީމާ ޑްރައިވަރު ބުނީ 10 ޑޮލަރު ކަމަށެވެ. އަންހެން މީހާ އޭނާގެ ދަބަސްހުޅުވާފައި 10 ޑޮލަރު ނަގަން ބުނުމުން ޑްރައިވަރު އެއްވެސް ފައިސާއެއް ނުނަގައި އެދަބަހަށް 200 ޑޮލަރުލައިދިނީއެވެ.
އޭނާ ފެއިބުމުން ކާރު ދުއްވައިލިތަނާ ޑްރައިވަރު އެގޮތަށް ކަންތައްކުރީ ކީއްވެގެންތޯ ފަހަތުގައި އިން މީހާ ސުވާލުކުރުމުން ބުނީ އޭނާގެ ޙާލަށް ހަމްދަރުދީވީއެވެ. މަސައްކަތްކުރީމާ އަދިވެސް އަހުރެންނަށް ފައިސާ ލިބިދާނެއެވެ.
ފަސިންޖަރުގެ މަންޒިލަށް ފަސިންޖަރު ގެންގޮސްދިނުމުން އަގަކީ ކޮބައިތޯ ސުވާލުކުރުމުން ޑްރައިވަރު ބުނީ މީޓަރަށް 200 ޑޮލަރު އަރާފައިވާ ކަމަށެވެ. އޭނާ ޑްރައިވަރަށް ދިއްކޮށްލީ 200 ޑޮލަރުގެ ބަދަލުގައި 2000 ޑޮލަރެވެ. ޑްރައިވަރު ސިއްސައިގެން ގޮސްފައި ތިއަދެނީ މާގިނައިންކަމަށް ބުނުމުން ފަސިންޖަރު ބުނީ އޭނާވެސް ޑްރައިވަރަށް ހަމްދަރުދީވީ ކަމަށާއި މަސައްކަތްކުރީމާ އޭނާއަށްވެސް ފައިށާ ލިބިދާނެކަމަށެވެ.
އެހެންބުނެފައި ފައިބަފައިދާގެ ބޮޑުކަން އިގެން ދިއުމުން ޑްރައިވަރު އޭނާއަށްޓަކައި ހެޔޮދުޢާކުރިއެވެ.
މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިޙާދިސާ މިގެނައީ ހަމްދަރުދީވެ ދީލަތިވުމުން ކުރާފައިދާގެ ބޮޑުކަން ހާމަކުރުމަށެވެ. މިފަދަ ދީލަތި މީހުންނަށްވެ ދަތިޙާލުގައި އުޅޭ މީހުންނަށް ހިތްވަރުދިނުމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ލިބޭ ފައިސާ އިތުރުކުރަން މިއަށްވުރެ ފައިދާހުރި ގޮތެއް ނިކަން ބުނެބަލަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ