އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ފޮށިތައް ބަހައްޓާ ތަންތަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.
މި މަހު 25 ގައި އޮންނަ ވޯޓު އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭގޮތުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ހަތް ވޯޓު ފޮށްޓެއް މާލޭގައި ބަހައްޓާނެ ކަމަށެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓަނީ ކަލާފާނު ސްކޫލުގަ އެވެ.
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޫބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.
އެ ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ އެކި ރަށްރަށުގެ އިހުތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި އައްޑޫގެ ކަންކަން އެނގޭ ފަންނީ މާހިރުންގެ ޓީމެއް އެކުލަވައިލައި ރަށްރަށުގެ އިހުތިސާސްއާ ގުޅޭ މަސައްކަތްތަކެއް ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލުން ފޭދޫ، ހުޅުދޫ އަދި މީދޫ ވަކިވުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ކެމްޕެއިން ކުރަމުންނެވެ. ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށް ކެމްޕެއިންކޮށް، އެކަމުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު، އިބްރާހިމް ދީދީ އެވެ.
އައްޑޫ އާންމު ވޯޓުގައި ފޮށިތައް ބަހައްޓާ ތަންތަން އާންމުކޮށްފި އައްޑޫ އާންމު ވޯޓުގައި ފޮށިތައް ބަހައްޓާ ތަންތަން އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ