ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ފުރަތަމަ އެފްއެސްއެމް ފިއުލް ޝެޑް ރ. ދުވާފަރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ފިއުލް ޝެޑް ހުޅުވައިދެއްވީ ރައީސް މިއަދު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ފިޔަވަޅަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ތެލުގެ އަގު ބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފެށި މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، އެސްޓީއޯ ރޭޓުގައި އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިއީ މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް ލުޔެއް ދިނުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދެކެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިގޮތުން، ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ.
މިކަމުގެ ސަބަބުން މަސްވެރިންނަށް ދަތުރުފަތުރުގެ ޚަރަދު ކުޑަކުރެވި، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭނެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ކަންނެލި މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ޤާއިމްކުރި ފުރަތަމަ އެފްއެސްއެމް ފިއުލް ޝެޑް ދުވާފަރުގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ