އައްޑޫ ކައުންސިލާމެދު ނަގާ ވޯޓު: ރީރަޖިސްޓްރޭޝަނަށް އިތުރު މުއްދަތެއް

އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ރީރަޖިސްޓްރީވާން އިތުރު ފުރުސަތެއް ދީފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ރީރަޖިސްޓްރީވާން ފުރަތަމަ ހުޅުވާލި މުއްދަތު ވަނީ އިއްޔެ 18:00އަށް ހަމަވެފައެވެ. އެކަމަކު، އެ މުއްދަތު މިހާރު އީސީން އިތުރުކޮށްފައިވާއިރު، މާދަމާގެ 18:00ގެ ކުރިން ރީރަޖިސްޓްރީވެވޭނެއެވެ. އެގޮތުން، ރީރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރީ- ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ވަނީ ބުނެފައެވެ. އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބާއްވާ މި ވޯޓުގައި، ފަސް ތަނެއްގައި ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ. އީސީން ބުނީ، ހުޅުދުއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓުލުން އޮންނާނީ އެ ތިން ރަށުގެ އިތުރުން މާލެ ސިޓީގައި ކަމަށެވެ. އެގޮތުން ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ފޭދޫގައި، ފޭދޫ ސްކޫލްގައެވެ. ހުޅުދޫގައި، ހުޅުދޫ ސްކޫލާއި ސ. އަތޮޅު މަދަރުސާގައެވެ. https://sun.mv/212658 މީދޫގައި، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރުގައެވެ. އަދި މާލޭގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލްގައެވެ. އީސީން ބުނީ، ވޯޓުލާން ދާންޖެހޭ ތަން VR (Space) NID No ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސް ފޮނުއްވައިގެން ނުވަތަ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، އެވޯޓުގައި ހުޅުދޫގެ ރައްޔިތުންނާއި މީދޫގެ ރައްޔިތުންނާއި ފޭދޫގެ ރައްޔިތުންގެ ވެސް ޚިޔާލު ހޯދުމަށް ކުރާނީ އެންމެ ސުވާލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ