ވިންޑޯސް 11 އަށް ބޮޑު އޭއައި އަޕްޑޭޓެއް، ކޯޕައިލެޓް އިންޓަގްރޭޓްކޮށްފި

ވިންޑޯސް 11 އަށް އޭއައިގެ ބޮޑު އަޕްޑޭޓެއްގެނެސް، ކޯޕައިލެޓް ފުރިހަމައަށް އިންޓަގްރޭޓްކޮށްފިއެވެ. މައިކްރޮސޮފްޓުން ބުނީ މި އަޕްޑޭޓާއެކު، ވިންޑޯސްގެ އޭއައި އެސިސްޓެންޓް ކޯޕައިލެޓް އޮޕަރޭޓިން ސިސްޓަމަށް އިންޓަގްރޭޓް ކުރެވި، ދުވަހުގެ މަސައްކަތްތަކުގައި ޔޫޒަރުންނަށް ވަރަށްބޮޑެތި އިތުރު ފަސޭހަތައް ލިބިގެންދާނެކަމަށެވެ. މައިކްރޯސޮފްޓުން ގެނެސްދިން ފަހުގެ މި އަޕްޑޭޓްގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އޭއައި ޕީސީއެއް ގަނެގެން ނޫނީ ކޯޕައިލެޓްގެ ޚިދުމަތްތައް ނުލިބޭނެ ކަމަށް ކުރިން އޮތް ޝަރުތު މައިކްރޮސޮފްޓުން އުވާލުމެވެ. އެކުންފުނިން ބުނެފައިވާ ގޮތުގައި، ވިންޑޯސް 11 އަށް ސަޕޯޓްކުރާ ކޮންމެ ޕީސީއެއް އަދި ލެޕްޓޮޕެއް ވެސް އޮޓޮމެޓިކަލީ އޭއައި އެޖެންޓިކް އޮޕަރޭޓިން ސިސްޓަމަކަށް މި އަޕްޑޭޓާއެކު ބަދަލުވާނެއެވެ. Hey Copilot! Show everyone how we’re transforming how you interact with your Windows PC — so you can talk naturally, it can see what you see, and take action on your behalf. pic.twitter.com/1YF1zK8Uj0 — Satya Nadella (@satyanadella) October 16, 2025 މައިކްރޮސޮފްޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ކޮންސިއުމާ ޗީފް މާކެޓިން އޮފިސަރު ޔޫސުފް މެހްދީ ވިދާޅުވީ، އެންމެ ބާރުގަދަ އޭއައި، ޔޫޒަރުންގެ މުއާމަލާތްތަކުގައި މިހާރު ވެސް ބޭނުންކުރާ ވިންޑޯސްގެ ތަޖުރިބާތަކާ ގުޅުވައިގެން އިތުރަށް ފަސޭހަކޮށްދެމުންދާ ކަމަށެވެ. މައިކްރޮސޮފްޓުން ބުނީ ވިންޑޯސް 11 ގައި ކޯޕައިލެޓްގެ ސާވާ ބޭސްޑް ވާޝަންއެއް އިންޓެގްރޭޓް ކުރަމުންދާ ކަމަށެވެ. މީގެ ސަބަބުން، ކުރިން އޭއައި މަސައްކަތްތައް ނުކުރެވޭ ޑިވައިސްތަކަށް ވެސް އޭއައިގެ ޚިދުމަތްތައް ލިބޭނެއެވެ. މައިކްރޮސޮފްޓުން މި އިންޓެގްރޭޝަން ކުރިއަށް ގެންދަނީ ތިން މަރުހަލާއެއްގައެވެ. ފުރަތަމައީ ކޮންވަސޭޝަނަލް އިންޓަފޭސްއެވެ. މިއީ މިހާރުވެސް ޗެޓްބޮޓްއާ ޓެކްސްޓް ނުވަތަ އަޑުން މުއާމަލާތްކުރާ ގޮތަށެވެ. ދެވަނައީ ކޯޕައިލެޓް ވިޝަން ކެޕެބިލިޓީއެވެ. މީގެ ސަބަބުން އޭއައިއަށް ސްކްރީންގައި ފެންނަ ކޮންމެ އެއްޗެއް ފެނި، ބޭނުންކުރާ ފަރާތްތަކަށް އެހީތެރިވެދޭނެއެވެ. އެންމެ ފަހުގެ މަރުހަލާއަކީ އެޖެންޓިކް ކެޕެބިލިޓީޒްއެވެ. މި މަރުހަލާގައި އޭއައި އެސިސްޓެންޓަށް ބޭނުންކުރާ ފަރާތުގެ ކަންކަން ކުރުމުގެ ގާބިލްކަން ލިބޭނެއެވެ. މައިކްރޮސޮފްޓުން ބުނެފައިވާ ގޮތުގައި، މި ހުރިހާ ފީޗާސްތަކަކީ ވެސް އޮޕްޝަނަލް ފީޗާސްތަކެއް ކަމަށާއި، ކުންފުނީގެ ސެކިއުރިޓީ ޓޫލްތަކުން އެކަންކަން ރައްކާތެރިކޮށްދޭނެ ކަމަށެވެ. މި ތަޖުރިބާ އިތުރަށް ފަސޭހަ ކުރުމަށްޓަކައި، މައިކްރޮސޮފްޓުން ވަނީ އެތައް އާ ފީޗާސްތަކެއް އިތުރުކޮށްފައެވެ. ފުރަތަމައީ އަޑުން ކޯޕައިލެޓް އެކްޓިވޭޓް ކުރުމަށް ބޭނުންކުރެވޭ "ވޭކް" އަދި "ގުޑްބައި" ފީޗާސްއެވެ. ބޭނުންކުރާ ފަރާތްތަކަށް މިހާރު "ހޭ ކޯޕައިލެޓް" ބުނެ ޗެޓްބޮޓް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި، "ގުޑްބައި" ބުނެ، ނުވަތަ އެކްސް ބަޓަން ފިތާލައިގެން، ނުވަތަ ދެ މިނިޓަށް އަޑު މޯޑް ހުއްޓާލައިގެން ވެސް ޗެޓްބޮޓްއާ ގުޅުން ކަނޑާލެވޭނެއެވެ. މައިކްރޮސޮފްޓުން ދަނީ ކޯޕައިލެޓް ވިޝަން ވެސް އޭއައި ޗެޓްބޮޓް ލިބެންހުރި ހުރިހާ މާކެޓެއްގައި ޢާއްމު ކުރަމުންނެވެ. މި ޓޫލްގައި "ފުލް ޑެސްކްޓޮޕް" އަދި "އެޕް ޝެއަރިން" މޯޑްތައް ހިމެނެއެވެ. މި މޯޑްތަކުން އެސިސްޓެންޓަށް މުޅި ޑިވައިސް ނުވަތަ ވަކި އެޕްތަކާއި ފޯލްޑަރތަކަށް ވަދެ އިތުރު މައުލޫމާތު ނެގޭނެއެވެ. ހައިލައިޓްސް ފީޗާގެ ސަބަބުން ޔޫޒަރުންނަށް އާ އެޕެއް ޝެއާކޮށް "ޝޯވ މީ ހައު" ކަހަލަ ސުވާލުތައް ކުރެވޭނެއެވެ. މި ފީޗާ ވެސް މި އަޕްޑޭޓާއެކު ލިބޭނެއެވެ. އަދި މިހާރު ކޯޕައިލެޓާ ހަމައެކަނި އަޑުން މުއާމަލާތް ކުރެވޭއިރު، ވަރަށް އަވަހަށް ކޯޕައިލެޓް ވިޝަންއާ ޓެކްސްޓް މެސެޖް މެދުވެރިކޮށް ވެސް މުއާމަލާތް ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ . މައިކްރޮސޮފްޓުން މިހާރު ހުރި އޭއައި ފީޗާސްތަކުގެ އިތުރުން، ވިންޑޯސް އިންސައިޑާ ޕްރޮގްރާމްގައި އާ ފީޗާސްތައް ޕްރިވިއުކުރަން ފަށާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން އެއް ފީޗާއަކީ 'އާސްކް ކޯޕައިލެޓް އޮން ދަ ޓާސްކްބާ' ފީޗާއެވެ. މި އޮޕްޓް-އިން ފީޗާ މެދުވެރިކޮށް ކޯޕައިލެޓް ވިޝަންއާއި ވޮއިސްއަށް ޓާސްކްބާއިން އެއް ކްލިކްއިން ވަދެވޭނެއެވެ. މިއީ ވިންޑޯސް ސާޗްއާ އެއްގޮތަށް ޔޫޒަރުންގެ އެޕްތަކާއި، ފައިލްތަކާއި، ސެޓިންގްސްތައް ހޯދުމަށް މިހާރު ހުރި ވިންޑޯސް އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) ބޭނުންކުރާ ފީޗާއެކެވެ. މައިކްރޮސޮފްޓުން މަސައްކަތްކުރަމުން އަންނަ މުހިންމު އާ ފީޗާއެއް ކަމަށްވާ ކޯޕައިލެޓް އެކްޝަންސްއަކީ އެޖެންޓިކް ފީޗާއެކެވެ. މީގެ ސަބަބުން ޗެޓްބޮޓަށް ޔޫޒަރުންގެ ޒާތީ ކަންކަންވެސް ކުރެވޭނެއެވެ. މިހާރު މި ފީޗާގެ ވާޝަންއެއް އެޖް ބްރައުޒަރުގައި ލިބެން ހުރި ނަމަވެސް، މި އާ ވާޝަންއިން މުޅި ޑިވައިސްގައި ވެސް ކަންކަން ކުރެވޭނެއެވެ. މެހްދީ ވިދާޅުވީ، މިފީޗާއިން މިސާލަކަށް ޔޫޒަރުގެ ޗުއްޓީގެ ފޮޓޯތައް ވަކިގޮތަކަށް ރާވާލުމަށް ބޭނުންވިޔަސް ނުވަތަ ޕީޑީއެފްއަކުން މައުލޫމާތު ނެގުމަށް ބޭނުންވި ނަމަވެސް، ކޯޕައިލެޓް އެކްޝަންސްއިން ޔޫޒަރުގެ ޕީސީގައި ހުރި ކޮންޓެކްސްޓްގެ މައްޗަށް ބިނާކޮށް ވަރަށް ފުރިހަމަ ބުރަ މަސައްކަތްތަކެއް ކޮށްދޭނެއެވެ. މައިކްރޮސޮފްޓުން މި ފީޗާ އިބްތިދާއީ މަރުހަލާގައި މިހާރުދަނީ ޓެސްޓް ކުރަމުންނެއެވެ. މީގެ އިތުރުންވެސް މައިކްރޮސޮފްޓުން ދަނީ ކޯޕައިލެޓް ކަނެކްޓާސްގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފީޗާ މިހާރު ވިންޑޯސް އިންސައިޑާއަށް ލިބެން ހުރެއެވެ. މީގެ ސަބަބުން ޔޫޒަރުންނަށް ވަންޑްރައިވް، އައުޓްލުކް، ގޫގުލް ޑްރައިވް، ޖީމެއިލް، ގޫގުލް ކަލަންޑަރު އަދި މިނޫން ވެސް ތާޑް-ޕާޓީ ޑޭޓާ ހަބްތައް ގުޅާލެވޭނެއެވެ. އެގޮތުން، ޗެޓްބޮޓަށް މި ޑޭޓާއަށް ވަދެ، އެއަށް ބިނާކޮށް ސުވާލުތަކަށް ޖަވާބު ދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ