ވ. ފުލިދޫގެ ރައްޔިތުންގެ އާނބަސް ލިބުމާއެކު އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ފުލިދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ފުލިދޫ ބިން ހިއްކުން ކުރިއަށް ގެންދަން މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް އޮތީ ނުކުރެވި ކަމަށެވެ.
ބިން ހިއްކުމަކީ ރައްޔިތުން އެދޭ ކަމެއް ކަން އެނގިވަޑައިގަންނަވާ ކަމަށާ އެހެން ކަމުން އެކަން ބޭނުންވާކަން ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން އަންގައިދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު ބޭނުމެއް ނޫން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދާއިރު ދާދި މިދާކަށް ދުވަހު އެހެން ރަށެއްގައި ދިމާވި ކަހަލަ ގޮތަކަށް މަޝްރޫއު ކެންސަލް ކުރަން ޖެހި އެކަހަލަ ކަންތައްތަކެއް ވާކަށް," މި ފަހުން ދޮންފަނު ބިން ހިއްކަން ނިންމި ނިންމުން ބަދަލުކުރަން ޖެހުނު ޖެހުމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ފުލިދޫއަށް ވަޑައިގަތުން --
ރައީސް ވަނީ ރައްޔިތުންގެ މެދުގައި ހިޔާލު ބަދަލުކޮށް ވޯޓެއް ނަގައިގެން ނަމަވެސް ރައްޔިތުން ނިންމާ ގޮތެއް ލިޔެކިޔުމުން ފޮނުވައިދިނުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ބިން ހިއްކަން އެދޭނަމަ ވައުދުވެވަޑަައިގެންފައިވާ ގޮތަށް 12 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ ފުލިދޫއަކީ ދިވެހި އިގްތިސާދަށް މުހިންމު ރަށެއް ކަމަށެވެ. ޚާއްސަކޮށް އެންމެ ގިނައިން ޑޮލަރު ދައުރުވާ އެއް ރަށަކީ އެއީ ކަމަށް ވިދާޅުވި އެވެ.
މިއަދު ފުލިދޫގައި އޭޓީއެމްގެ ހިދުމަތް ފެށިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެެ ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައްޔިތުންގެ އުންމީދެއް ކަމަށެވެ. އެހެން ކަމުން އެ ރަށުގައި އަންނަ އަހަރުގެ މާޗް މަހުގެ ކުރީން ޑޮލަރު އޭޓީއެމެއް ބަހައްޓާ ޚިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ފުލިދޫގައި ވާހަކަފުޅު ދައްކަވަނީ --
މީގެ އިތުރުން ރައީސް ވަނީ ފުލިދޫގެ ބަނދަރާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ އެ ރަށުގެ ބަނދަރު ހެދިގެންދާއިރު ވީހާވެސް ޖާގަ ތަނަވަސްކޮށް ހެދުމަށް ޑިޒައިނަށް މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
ރައްޔިތުންގެ އާނބަސް ލިބުމުން ފުލިދޫން 12 ހެކްޓަރުގެ ބިން ހިއްކާނެ، ޑޮލަރު އޭޓީއެމެއް ބަހައްޓަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ