ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ހައި ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދުވާތީ ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދާދިފަހުން އައްޔަން ކުރެއްވުމުންނެވެ.ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ. އެކަމަކު މިވަގުތު އެ ކޯޓުގައި ތިއްބެވީ ނުވަ ފަނޑިޔާރުންނެވެ. ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 64،000ރ. ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ