ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ ބެންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، އެ ރަށުގައި ތިބޭ ފުލުހުންގެ ތެރެއިން ބައެއް ފުލުހުންގެ ބެންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް އިން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އަދި އެ މައްސަލައިގައި ޝާމިލުވާ ފުލުހުންގެ މައްސަލަ ބެލުމަށް އެ މީހުން މާލެ ގެނެސްގެން ތަހުގީގު ކުރިއަށް ގެންދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުހުން ވަނީ، އެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ކޮއްތު ހަމަޖައްސަން ބަޖެޓުގައި ހުންނަ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.
ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ