ތުނބުޅި ދިގުކޮށް އަރަބި ހެދުން އެޅުމުން ދީނީ އިލްމިވެރިއަކަށް ވާނެތޯ: މައުމޫން

ތުނބުޅި ދިގުކޮށް ދީނީ ވައްތަރުގެ އަރަބި ހެދުން އެޅުމުން ދީނީ އިލްމިވެރިއަކަށް ވާނެތޯ އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރޭ ވީޓީވީގެ ”ބޮޑުފެންޑާ“ ޕްރޮގްރާމްގައި ޔޯގާ އަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ދީނީ އިލްމުވެރިން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވި ގޮތުގައި ދީނީ އިލްމުވެރި އަކަށް ވާނީ ހަރުދަނާ އިސްލާމީ މުއަސަސާއަކުން ތައުލީމް ހާސިލްކޮށް ގެން ހުރި މީހެކެވެ.
މީގެ ކުރިން ރައީސް މައުމޫން ވަނީ ޔޯގާ އަކީ ހުއްދަ ކަމެއް ކަމަށާ، އެއީ ހަރާން ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މަރުގެ ހުކުމަކީ ލާޒިމް ކުރައްވާފަ ނޫންކަމަށާއި، ހައްދަކީ ވެސް ކުރުން ލާޒިމް ކަމެއް ނޫން ކަމަށާއި އެއީ އިހުތިޔާރީ ކަމެއް ކަމަށް ކުރިން ވިދާޅުވިއެވެ. އަންހެނާގެ އައުރަ ނުވަތަ ބުރުގާ އާއި ބެހޭ ގޮތުން ވެސް ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެއީ ލާޒިމް ކަމެއް ނޫންކަމަށާއި އަދި ގުރުއާނުގެ ތަރުޖަމާ އަކީ ހުއްޖަތެއް ނޫން ކަމަށެވެ. ރައީސް މައުމޫން މިފަހަކަށް އައިސް ފާހަގަވެފައި ވަނީ ދީނީ އިލްމުވެރިންނަށް ގޮން ޖައްސަވާ ބޭފުޅެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ