ރާއްޖެ އާއި ސްރީ ލަންކާގެ ދެމެދު އޮތް ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ސަލްޓަން ޕާކުގައި މޫނިމާ ގަހެއް މިއަދު އިންދައިފި އެވެ.
ވީކިހިނެއް؟ - މި ގަސް އިންދެވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ސަލްޓަން ޕާކުގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިންނެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނީ:
މި ހަރަކާތަކީ މި ސަރުކާރުން ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގެންދިޔަ ހަރަކާތެއް
މީގެ ބޭނުމަކީ ރާއްޖެ އާއި ލަންކާއިން ތިމާވެށި ހިމާޔަތްކުރުމުގައި ހިއްސާކުރާ ޒިންމާގެ ރަމްޒެއް ގޮތުގައި ގަހެއް އިންދުން
ގުޅުން ހުރި - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް ސަލްޓަން ޕާކުގައި ގަހެއް އިންދެވި އެވެ.
ރާއްޖެ-ލަންކާ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މޫނިމާ ގަހެއް އިންދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ