އޮޑިޓް އޮފީހުން މިދިޔަ ބުދަ ދުވަހު ނެރުނު ފެނަކައިން އައްޑޫގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ހާއްސަ އޮޑިޓުގައި ތަފާތު ކަމެއް ފާހަގަކުރި އެވެ. ފެނަކައިން އައްޑޫއަށް ފެނުގެ ހިދުމަތް ދޭން ހަދާފައިވާ ދެ ޕްލާންޓުން އުފެއްދި ވަރަށް ގިނަ އަދަދެއްގެ ފެން ބިމަށް ލީކުވެ އިސްރާފުވެފައިވާ މައްސަލަ އެވެ. އެކަމުގެ ސަބަބުން ކުންފުންޏަށް ވަނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިވެފަ އެވެ. އެގޮތުން:
ހިތަދޫގެ ޕްލާންޓުން އުފައްދާފައިވާ %54 ފެން ބިމަށް ލީކްވެފައިވޭ
ހުޅުމީދޫގައި ޕްލާންޓުން އުފައްދާފައިވާ ފެނުގެ %16 ބިމަށް ލީކުވި
އެ ޕްލާންޓުތައް ބަލަހައްޓާ ފެނަކައިގެ މުވައްޒަފުންނާ ހަވާލާދީ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި އެހާ ގިނަ އަދަދެއްގެ ފެން ބޭނުން ނުކުރެވި އިސްރާފުވެގެން ދިޔަ މައިގަނޑު ސަބަބަކީ އެކިއެކި ބޭނުންތަކަށް އައްޑޫގެ މަގުތައް ކޮނުމުގެ ތެރޭ ބަލަންވާވަރަށް ނުބަލާތީ ފެންހޮޅިތައް ފަޅައިގެން ގޮސް ބިމަށް ފެން ބޭރުވާތީ އެވެ. އަދި ގެއްލުން ލިބުނު ނަމަވެސް އެކަންތައް ފެނަކައަށް ބައެއް ފަރާތްތަކުން އަންގަމުން ނުދާކަން ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.
އެހެން ނަމަވެސް ފެނަކައަށް ފެން ލީކުވާކަން ދެނެ ނުގަނެވޭ ބޮޑު ސަބަބެއްގެ ގޮތުގައި ރިޕޯޓްގައި ބުނެފައި ވަނީ ފެން ލީކުވާ ސަރަހައްދާއި ލީކުވާކަން ވަގުތުން އެނގޭނެ ނިޒާމެއް އައްޑޫ ފެން ޕްލާންޓްތަކުގައި ހަރުކޮށްފައި ނުވާތީ އެވެ.
ފެން އުފައްދަން ބޮޑު ހަރަދެއްކޮށްފައިވާ އިރު އިސްރާފުވެފައިވާ ފެނުގެ އަދަދަށް ބަލާއިރު އެއީ 10 ބިލިއަން ރުފިޔާއާ އެއްވަރުގެ އަދަދެއް ކަމަށް ރިޕޯޓްގައި އަންދާޒާކޮށްފައިވެ އެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން 2022 ވަނަ އަހަރު ވަނީ އާންމުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ ނަމަ އެ ފެނުގެ ސާފުތާހިރުކަން ކަށަވަރުކުރަން ޓެސްޓްތަކެއް ހަދަން ލާޒިމްކޮށްފަ އެވެ. ރިޕޯޓްގައި ފާހަގަކުރި ގޮތުގައި އެގޮތަށް ހަދަން ޖެހޭ ޓެސްޓްތަކުގެ ތެރެއިން 11 ފެނުގެ ޓެސްޓެއް ފެނަކައިން ހަދާފައެއް ނުވެ އެވެ.
އޭގެ ތެރެއިން ބައެއް ޓެސްޓްތައް ހަދަން ފެނުގެ ސާމްޕަލް މާލޭގައި ހުންނަ މައި އޮފީހަށް ފޮނުވި ނަމަވެސް އެ ޓެސްޓްތައް ހެދިކަމުގެ ރިޕޯޓް ފެންނަން ނެތް ކަމަށް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ. އަދި ކެމިކަލް ނެތިގެން ދެ ޓެސްޓެއް ނުހެދޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.
"ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރެފައިވާ 'ވޯޓާ ސަޕްލައި ކޮލިޓީ ސްޓޭންޑާޑް'ގައި ބަޔާންކޮށްފައިވާ ފެނުގެ ޓެސްޓުތަކުގެ ތެރެއިން ބައެއް ޓެސްޓުތައް ހަދާފައި ނުވުމުން އައްޑޫސިޓީގެ ރައްޔިތުން އާންމު ބޭނުންތަކަށް ބޭނުންކުރަމުންދާ ފެނުގެ ސާފުތާހިރުކަން ކަށަވަރެއް ނުކުރެވޭ،" އޮޑިޓް ރިޕޯޓްގައިވެ އެވެ.
ފެނަކައިގެ އިހުމާލުން 10 މިލިއަން ރުފިޔާ އެ ދިޔައީ ފެނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ