އިންޑިއާގައި ކުރިއަށްދިޔަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައި އިންޑިއާ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، ސާފް އުމުރުފުރާ މުބާރާތްތަކަށް ބަލާއިރު، އިންޑިއާ އިން ހޯދި 10 ވަނަ ތަށްޓެވެ. އަދި،، 19 އާއި 20 އަހަރުން ދަށަށް ބޭއްވި މުބާރާތްތަކުގައި، ހަތަރު ތަށި ހޯދައިފަ އެވެ. އިންޑިއާ އިން ގްރޫޕް ސްޓޭޖުގައި، ސްރީ ލަންކާ އާއި ނޭޕާލް އަތުން އަދި ސެމީ ފައިނަލުގައި ރާއްޖެ އަތުން ރަނގަޅު ނަތީޖާ އަކުން މޮޅުވިއިރު، ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.
އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގެ ގޯލްޑަން ޖޫބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝް އިން ޕެނަލްޓީއާ ހަމައަށް މެޗު ގެންދިއުމަށް ވެސް ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ.
ޕެނަލްޓީގައި އިންޑިއާއިން ކުރިހޯދީ 4-3 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ދެވަނަ މިނިޓްގައި އިންޑިއާގެ ކެޕްޓަން ސިގްމޭޔަމް ސާމީ ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އެކަމަކު މެޗުގެ 61 ވަނަ މިނިޓްގައި ބަންގްލަދޭޝްގެ އެމްޑީ ޖޯއީ އަހުމަދު ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ޕެނަލްޓީގައި އިންޑިއާގެ ދެ ވަނަ ޕެނަލްޓީ ޖެހި ރޯހެން ސިންގް ފޮނުވާލި ޕެނަލްޓީ ބަންގްލަދޭޝްގެ ކީޕަރު އެމްޑީ އަލީ ހޮސެއިން ވަނީ ދިފާއު ކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން ބަންގްލަދޭޝްގެ ނަޒްމުލް ހުދާ ފައިސަލް އާއި ސަލާހުއްދީން ސާހިދު ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ޕެނަލްޓީގައި ބަންގްލަދޭޝް ބަލިކޮށް ޗެމްޕިއަންކަން އިންޑިއާ އަށް 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ޕެނަލްޓީގައި ބަންގްލަދޭޝް ބަލިކޮށް ޗެމްޕިއަންކަން އިންޑިއާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ