ފިލްމުތަކުން ފުރުސަތު ހޯދައިދެނީ ބައްޕައެއް ނޫން: ޝްރައްދާ
ފިލްމު އިންޑަސްޓްރީން ފުރުސަތު ހޯދައިދޭން ބައްޕަ ޝަކްތީ ކަޕޫރު މިހާތަނަށް އެއްވެސް ޕްރޮޑިއުސަރަކަށް އަދި ޑައިރެކްޓަރަކަށް ގުޅާފައިނުވާނެ ކަމަށް ބަތަލާ ޝްރައްދާ ކަޕޫރު ބުނެފިއެވެ. މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމު "އިސްތިރީ 2"ގެ ބަތަލާ ބުނެފައިވަނީ ބައްޕަ ޝަކްތީ ކަޕޫރަކީ ކުރީގެ ލެޖެންޑަރީ އެކްޓަރެއް ނަމަވެސް ފިލްމު އިންޑަސްޓްރީއަށް އޭނާ ނުކުތީ އަމިއްލަ މަސައްކަތުން ކަމަށެވެ. އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 15 އަހަރުވެފައިވާއިރު މިހާތަނަށް ކުޅުނު ހުރިހާ ފިލްމަކީ ވެސް ޝްރައްދާ އެ ފިލްމުގެ ރޯލްތަކަށް ވަކިން އޮޑިޝަން ހަދާފައިވާނެ ފިލްމުތައް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ޝްރައްދާ ބައްޕަ ޝަކްތީ ކަޕޫރާ އެކު--ފޮޓޯ/ޕިންކްވިލާ ކުރިއަށް އޮތް ތަނުގައި ވެސް ފިލްމު ޑައިރެކްޓަރުންގެ ފަރާތުން ފުރުސަތު ލިބުނަސް ފިލްމުތަކަށް އޮޑިޝަން ދޭނެ ކަމަށް ""އާޝިޤީ 2"އިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ބަތަލާ ވަނީ ބުނެފައެވެ. ފިލްމީ ބެކްގްރައުންޑެއް ހުއްޓަސް ބެލުންތެރިންގެ ލޯބި ހޯދުމަކީ ލިބިފައިވާ ހުނަރުގެ ބޭނުން އެންމެ ފުރިހައަށް ބޭނުންކޮށް އެކަމަށް ބުރަ މަސައްކަތްކޮށްގެން ހޯދޭ އެއްޗެއް ކަމަށް ޝްރައްދާ އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމަށް ވަރަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ޝްރައްދާ ފާހަގަކުރެވެނީ މިފަހުން ބޮލީވުޑަށް ތައާރަފުވި ޒުވާން ތަރިންގެ ތެރެއިން ބެލުންތެރިންގެ ލޯތްބާއި އިހުތިރާމު އެންމެ ބޮޑަށް ހޯދާފައިވާ ބެލުންތެރިންގެ ތަރިއެއްގެ ގޮތުގައެވެ. ކުރީގެ ފިލްމީ ތަރި ޝަކްތީ ކަޕޫރުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ޝްރައްދާއާ މެދު އޭނާ ފަޚުރުވެރިވާ ކަމަށާއި އެންމެ ބޮޑު އުފަލެއް ލިބެނީ އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލާ ޝްރައްދާ ފިލްމު އިންޑަސްޓްރީގައި ޤާއިމުކޮށްފައިވާ މަގާމާ މެދު ކަމަށް ކުރީގެ އެކްޓަރު ވަނީ ބުނެފައެވެ. ޝްރައްދާއަކީ ކުރީގެ މަޝްހޫރު ބަތަލާ ޕަދްމިނީއަށް ބޮޑު ދައިތަ ކިޔާ މީހެކެވެ. މީގެއިތުރުން އިންޑިއާގެ ލަވަކިޔުންތެރިން ކަމަށްވާ ލަތާ މަންގޭޝްކަރު އަދި އާޝާ ބޯސްލޭއާ ޝްރައްދާ މަންމަ ފަރާތުން އާއިލީ ގުޅުން އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ